ބޭރު ބަސްބަހުން ގެނެވޭ ލަފުޒުތައް ދިވެހިކުރުމާއި، އައު މަހުފޫމަކަށް ލަފުޒެއްގެ މާނަ ފުޅާ ކުރުމާއި، އާންމު އިސްތިޢުމާލުގެ ތެރެއިން ފެތުރެމުންދާ ލަފުޒުތައް ބަލައިގަތުމުގައި ދިވެހިބަހުގެ އެކަޑަމީން އަމަލުކުރަމުންދާ އުސޫލުތަކުގެ މަށްޗަށް ތައްޔާރުކޮށްފައިވާ ”އައު ލަފުޒުތަކުގެ އުސޫލުތައް” ހާމަކޮށްފިއެވެ.
މި އުސޫލުގެ މަގުސަދަކީ އައު ލަފުޒު ހެދުމުގައި ތަބާވާ ހަމަތައް ނުވަތަ އުސޫލުތައް ކަނޑައަޅައި ބަޔާންކުރުން ކަމަށް ދިވެހިބަހުގެ އެކަޑަމީން ހާމަކޮށްފައިވެއެވެ.
ދިވެހިބަހުގެ އެކަޑަމީން އާއްމުކޮށްފައިވާ އުސޫލުގައި ލަފުޒުހެދުމުގައި ބޭނުންކުރާ ހުރިހާ ގޮތްތަކެއް ބޭނުންކުރުމުގައި ބަލަންޖެހޭ ކަންކަން މިސާލާއެކު ވަރަށް ތަފުސީލުކޮށް ބަޔާންކުރައްވާފައިވެއެވެ.
މި ލިންކުން އައު ލަފުޒުތަކުގެ އުސޫލުތައް ޑައުންލޯޑްކޮށްލެވޭނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




