މުނިއަވަސް އޮންލައިން ނޫހުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި “މުނިއަވަސް: ޤުރުއާން ތަރުޖަމާ ކިޔުމުގެ މުބާރާތް – ސީޒަން 1” ގެ ހުރިހާ ބައިވެރިންގެ ހުށައެޅުންތައް ގެނެސްދީ ނިމިއްޖެ އެވެ. ޖުމްލަ 49 ބައިވެރިންގެ ޤުރުއާން ތަރުޖަމާ ހުށައެޅުން ގެނެސްދޭން ފެށީ މިމަހު 19 ގައެވެ.

ފަސް އެޕިސޯޑަށް ބަހާލައިގެން ގެނެސްދިން ހުށައެޅުންތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ބައިވެރިންގެ ހުށައެޅުންތައް ގެނެސްދިނީ މުނިއަވަސްގެ ސީނިއަރ ޕްރެޒެންޓަރ ލައިނާ އިބްރާހީމް އަދި އެސިސްޓެންޓް ޕްރެސެންޓަރ ސަމްރާ (ކުޑާ) އެވެ. ސްޓޫޑިއޯ ކޮންޓްރޯލްކުރީ މުނިއަވަސްގެ ސީނިއާ ސްޓޫޑިއޯ އޮޕަރޭޓަރ މާލިކް ޢަބްދުއްސައްތާރު އެވެ.

މުނިއަވަސް ކްލަބްހައުސް މެދުވެރިކޮށް ލައިވްކޮށް “މުނިއަވަސް: ޤުރުއާން ތަރުޖަމާ ކިޔުމުގެ މުބާރާތް – ސީޒަން 1” ފެށުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މުބާރާތް އިފްތިތާހުކޮށްދެއްވީ ޤުރުއާން ތަރުޖަމާކިޔުމުގެ ހުނަރުވެރިއެއް ކަމަށްވާ އެސްއެސް ނެޓްގެ ސީއޯއޯ މުޙައްމަދު އާސިފް (މޮންދު) އެވެ. މިމަހު 19 ވަނަ ދުވަހުގެ ރޭ މި މުބާރާތް އިފްތިތާހުކުރުމަށްފަހު ފުރަތަމަ އެޕިސޯޑް ގެނެސްދީފައިވެއެވެ.

މުބާރާތުގެ ކޮންމެ އެޕިސޯޑެއްގެ ވީޑިއޯތައް މުނިއަވަސް ޓިކްޓޮކްގައި އާއްމުކޮށްފައިވެއެވެ. މި ވީޑިއޯތަކުން އެންމެ ގިނަ ލައިކްސް ލިބޭ ވީޑިއޯއަކަށް ޚާއްޞަ ގިފްޓް ޕެކެއް ދިނުމަށް ހަމަޖެހިފައިވެއެވެ. ޓިކްޓޮކްގައި އާއްމުކޮށްފައިވާ ވީޑިއޯތަކަށް ލައިކް ކުރުމަށް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ހުރިހައި ވީޑިއޯއަކަށް ވެސް ހަމަހަމަ ފުރުޞަތެކެވެ. މާނައަކީ ލައިކް ކުރުމަށް ދެވޭ ދުވަހުގެ އަދަދު ނުވަތަ ވަގުތު އެއްވަރުވާނެ އެވެ. އެގޮތުން މުނިއަވަސް ޓިކްޓޮކަށް ލާފައިވާ ތަރުޖަމާ ވީޑިއޯތަކަށް ލައިކް ކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވީޑިއޯ އަޕްލޯޑްކުރި ތާރީޚުން ފެށިގެން ޖުމްލަ 24 ދުވަހުގެ މުއްދަތަކަށެވެ.

19 ވަނަ ދުވަހުގެ އެޕިސޯޑް (އެޕިސޯޑް 01) – ލައިކްސް ގުނާނީ ޖޫން 11ގެ 23:59ގެ ނިޔަލަށް.
20 ވަނަ ދުވަހުގެ އެޕިސޯޑް (އެޕިސޯޑް 02) – ލައިކްސް ގުނާނީ ޖޫން 12ގެ 23:59ގެ ނިޔަލަށް.
21 ވަނަ ދުވަހުގެ އެޕިސޯޑް (އެޕިސޯޑް 03) – ލައިކްސް ގުނާނީ ޖޫން 13ގެ 23:59ގެ ނިޔަލަށް.
22 ވަނަ ދުވަހުގެ އެޕިސޯޑް (އެޕިސޯޑް 04) – ލައިކްސް ގުނާނީ ޖޫން 14ގެ 23:59ގެ ނިޔަލަށް.
23 ވަނަ ދުވަހުގެ އެޕިސޯޑް (އެޕިސޯޑް 05) – ލައިކްސް ގުނާނީ ޖޫން 15ގެ 23:59ގެ ނިޔަލަށް.

މި މުބާރާތުގެ ނަތީޖާ އިޢުލާނުކޮށް، މުބާރާތުގެ ވަނަތައް ހާސިލްކުރާ ބައިވެރިންނަށް ފައިސާގެ އިނާމާ ހަނދާނީ ލިޔުން ދިނުން އަދި ހުރިހައި ބައިވެރިންނަށް ހަނދާނީލިޔުން ދިނުން އޮންނާނީ މުބާރާތ5ް ނިންމުމަށް ބާއްވާ ޚާއްޞަ ޝޯގައެވެ. މި ޝޯ ބޭއްވުމަށް މިހާރު ނިންމާފައިވަނީ 23 ޖޫން 2023 ވާ ހުކުރުދުވަހުގެ ރޭ 09:00ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.