ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެކްޓިން ވޯކްޝޮޕުގެ ބައިވެރިން ގިނަ ހުނަރުތަކެއް ދަސްކުރުމުގައި ޝައުޤުވެރިކަމާއެކު ކުރިއަށް

“އެކްޓިންގ ވޯކްޝޮޕް ފޯ ފިލްމް އެންޑް ތިއޭޓަރ”ގެ ބައިވެރިން ތަފާތު ގިނަ ހުނަރުތަކެއް، ނުހަނު ޝަޢުޤުވެރިކަމާއެކު ދަސްކުރަމުން، ތަޖުރިބާހޯދަމުން އަންނަކަމަށް މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސް (އެމްއެސްޕީއޭ) އިން ބުނެފިއެވެ.

މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސް (އެމްއެސްޕީއޭ) އިން އެންސީއޭއާ ގުޅިގެން 20 މޭ 2023 ދުވަހުގެ ރޭ ފެށި މި ވޯކްޝޮޕްގައި ބައިވެރިވެފައިވާ 10 ބައިވެރިން، އެއްވެސް ކުލާހެއް ދޫކޮށްނުލައި ބަރާބަރަށް ހުރިހައި ކުލާހަކަށް ހާޒިރުވެ ފަންނީ ޢިލްމާއި ތަޖުރިބާ ހޯދަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.

“އެކްޓިންގ ވޯކްޝޮޕް ފޯ ފިލްމް އެންޑް ތިއޭޓަރ”ގެ 11 ކުލާހަށް ވުރެން ގިނަ ކުލާސް މިހައިތަނަށް ބާއްވާފައިވެއެވެ. ކުލާހުގެ އިސް މުދައްރިބު ދިލިޕް ކަނާލްގެ އިތުރުން ރާއްޖޭގެ ފިލްމީ ދާއިރާގެ ތަޖުރިބާކާރު ބައެއް ފަންނާނުންވެސް މި ވޯކްޝޮޕްގެ ބައެއް ކުލާސްތަކުގައި ފަންނީ ޢިލްމާއި ތަޖުރިބާ ހިއްސާކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

“އެކްޓިންގ ވޯކްޝޮޕް ފޯ ފިލްމް އެންޑް ތިއޭޓަރ”ގެ ކުލާސްތަކުގެ ކުރު ވީޑިއޯތައް މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސް (އެމްއެސްޕީއޭ)ގެ ފޭސްބްކް ޕޭޖް މެދުވެރިކޮށް ހިއްސާކުރަމުންދެ އެވެ.

“އެކްޓިންގ ވޯކްޝޮޕް ފޯ ފިލްމް އެންޑް ތިއޭޓަރ”ގެ ބައިވެރިން މި ފުރުޞަތާމެދު ދެކޭ ގޮތް މުނިއަވަސް އިން އޮޅުންފިލުވައިލީމެވެ.
ކޯހުގެ ބައިވެރިންގެ ތެރެއިން އެކްޓަރ ޖާދުﷲ އިސްމާޢީލް ބުނީ: (ވީޑިއޯ)

@muniavas

Jaadhu on MSPA & NCA Acting Workshop – muniavascreation maldives mspa nca foryoupage fyp contentcreators muniavas fvpシ fvpviral maldivestiktok #DilipKanaal #DharaaRasheed @jaadhuismael @dharaa64

♬ original sound – MUNIAVAS – MUNIAVAS

ރާއްޖޭގެ ފިލްމީ ދާއިރާގެ ފަންނާނުންނާއި އެކްޓިންއަށް ޝައުޤުހުންނަ ފަރާތްތަކަށް މިފަދަ ފަހިފުރުޞަތުތައް ލިބޭލެއް މަދު ނަމަވެސް، އެމްއެސްޕީއޭ އަދި އެންސީއޭ އިން ހުޅުވައިލި މި ރަނުގެ ފުރުޞަތުގައި ބައިވެރިވި މެންބަރުންގެ ޢަދަދު މަދުކަން ފާހަގަކޮށްލެވެއެވެ.

އެމްއެސްޕީއޭގެ އުއްމީދަކީ މިހެން ހުޅުވާލައި ފުރުޞަތުތަކަށް މިހާރަށް ވުރެން އެދެވޭ އިޖާބައެއް ލިބިގެންދިއުން ކަމަށް އެ ސޮސައިޓީން ބުނެއެވެ.

“އެކްޓިންގ ވޯކްޝޮޕް ފޯ ފިލްމް އެންޑް ތިއޭޓަރ”ގެ މިހައިތަނަށް ކުރިއަށް ގެންދިޔަ 11 ކުލާހުގެ އުސްއަލިތައް: (ވީޑިއޯ)

އެމްއެސްޕީއޭގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އަދި މުނިއަވަސް ކްލަބްހައުސް އެވެ.

@muniavas

HIGHLIGHTS of MSPA & NCA Acting Workshop – #muniavascreation #maldives #mspa #nca #foryoupage #fyp #contentcreators #muniavas #fvpシ #fvpviral #maldivestiktok #DilipKanaal #DharaaRasheed

♬ original sound – MUNIAVAS – MUNIAVAS


ލިޔެ ވީޑިއޯ އުފައްދައި ޝާއިޢުކުރީ: އަޙްމަދު ރަޝީދު  | ރިވިއުކުރީ: އަޙްމަދު ރަޝީދު | ވީޑިއޯ މަސްދަރު: އެމްއެސްޕީއޭ ފޭސްބްކް ޕޭޖް | ފޮޓޯ: އެމްއެސްޕީއޭ އަދި ޖާދު


0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top