ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޓިކްޓޮކްގެ މިވީޑިއޯގަ ބުނާގޮތަށް ދޭފަތް ކެއްކުމަކީ ރަނގަޅު ކަމެއްތަ؟

ލަކުޑިން ހަދާފައި ހުންނަ ދޭފަތް ސާފުކުރުމަށް ފެނުކެއްކުމަށް ޓިކްޓޮކްގައި ދައުރުވަމުން އަންނަ ވީޑިއޯތަކަކުން ބުނަމުންދިޔަ ނަމަވެސް، ކަމާބެހޭ މާހިރުން މިކަމާމެދު ދެކޭގޮތް ތަފާތެވެ.

ނިކޯލް ޖެކްސްގެ މި ވީޑިއޯ ގައި ބުނެފައިވާ ގޮތުން މިއީ ބަދިގެތެރޭގައި ބޭނުންކުރާ ލަކުޑި ދޭފަތާއި އުނދުޅި ފަދަ ތަކެތި ސާފުކުރުމަށް ވަރަށް ރަނގަޅު ގޮތެކެވެ. އޭނާ ބުނާގޮތުން މަހަކު އެއްފަހަރު ލަކުޑި ދޭފަތް ފަދަ ތަކެތި ފެނުކެއްކުމުން ދޭފަތުގައި ހިފާފައި ހުންނަ ތެޔޮތައް ފިލުވައިލެވެ އެވެ. ބެކްޓީރިއާ ނައްތާލައެވެ.

@itsnicolejaques

BOIL your wooden spoons and utensils at the beginning of every month. Even if you are hand cleaning them or putting them in the dishwasher, they need a deep soak. To note I hand clean mine usually as dishwasher is typically not recommended. I did this for demonstration purposes. #cleaninghacks #cleaningtips #deepcleaning #kitchencleaning #kitchenhacks #kitchenware

♬ original sound – Nicole Jaques

ނަމަވެސް، ރެސިޕީ ގެނެސްދިނުމުގައި ނަން މަޝްހޫރު އޯލްރެސިޕީސްގެ ފަރާތުން، ލަކުޑިން ތަކެތި އުފައްދައި ފަރުމާކުރުމުގެ މާހިރެއް ކަމަށްވާ ބްރެޑް ބާރންހާރޓްއާ ކުރި އިންޓަވިއުއެއްގައި އޭނާ ވަނީ މިކަމުގެ ޓެކްނިކަލް މަޢުލޫމާތުތަކެއް ހިއްސާކޮށްފަ އެވެ.

“ލަކުޑިއަށް ފެން ވަނުމުން ލަކުޑި އެކްސްޕޭންޑް (ލޮލަށް ފާހަގަނުވާ ވަރަށް ސައިޒް ބޮޑުވާނެ) ވާނެ.”، އޯލްރެސިޕީސް އަށް ބްރެޑް ބާރންހާރޓް ބުންޏެވެ. “ލަކުޑިއަށް ވަންނަ ފެންތައް ހިކުމުން، ލަކުޑި ކުރުގެޅޭނެ (ޝްރިންކްވާނެ). އާއްމުގޮތެއްގައި ދޭފަތް ފަދަ ތަކެތީގައި ތެޔޮ ނުވަތަ ވެކްސް ހޭކުމުގެ ސަބަބުން މި ބުނި އެކްސްޕޭންޑް ވުމާއި ކުރުގެޅުމުގެ ބުރު އަބަދުމެ ހިނގަމުން ދާނެ. ނަމަވެސް ފެނުގައި ދޭފަތް ކައްކާއިރު މި ކުރެވޭ ކަމަކީ ލަކުޑިއަށް ފެން ވެއްދުމަށް އިތުރަށް މި ބާރުއެޅެނީ. އެގޮތަށް ކެއްކުމަށްފަހު ދޭފަތުގެ ފެންތައް ހިކުމުން ދޭފަތުގައި ރެނދުއަޅަން ފަށާނެ.”

ބްރެޑް ބާރންހާރޓް އިތުރަށް ބުނީ އަހަރަކު އެއްފަހަރު ކަހަލަ ގޮތަކަށް ނުވަތަ ދެފަހަރު ނަމަވެސް ލަކުޑިން ހަދާފައި ހުންނަ ދޭފަތާ އުނދުޅިފަދަ ތަކެތި ފެނުގައި ކެއްކުން އެއީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އެއަށްވުރެން ގިނައިން ފެނުކައްކާ ނަމަ އެތަކެތީގެ އުމުރުކުރުވާނެ ކަންވެސް އޭނާ ފާހަގަކުރިއެވެ.

ލަކުޑިން ހަދާފައި ހުންނަ ދޭފަތާ އުނދުޅިފަދަ ތަކެތި ދޮވުމަށް ބްރެޑް ބާރންހާރޓް ލަފާދެނީ އިސްޕަންޖްގެ އެންމެ ކަށިކޮށް ހުންނަ ފަރާތް ބޭނުންކޮށްގެން ދޮވުމަށެވެ.

https://www.tiktok.com/@paulatreides445/video/7206033751871130886?is_from_webapp=1&sender_device=pc&web_id=7125879295893472770

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top