ރާއްޖޭގެ އެންމެ މަގުބޫލު އެއް ބަތަލާ މަރިޔަމް އައްޒަގެ އިންސްޓަގްރާމް އެކައުންޓު ކަށަވަރުކޮށްދީފި އެވެ. އައްޒަގެ އިންސްޓަގްރާމް އެކައުންޓު ކަށަވަރުކޮށްދިނުމާ ގުޅިގެން އައްޒަ އުފާފާޅުކޮށްފައިވެ އެވެ.
އައްޒަ އަށް މިހާ ބޮޑު ކާމިޔާބެއް ލިބުނީ ސަޕޯޓަރުންގެ އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުންކަމަށް އައްޒަ ބުންޏެވެ.
އިންސްޓަގްރާމުގައި މަޝްހޫރު މީހުންގެ އެކައުންޓު ކަށަވަރަުކޮށްދެނީ ’މެޓާ‘ އިން ބަލައިގަންނަ ފަދަ މަޝްހޫރު މީހަކަށް ވުމުންނެވެ. ރާއްޖޭގައި އިންސްޓަގްރާމް އެކައުންޓު ކަށަވަކޮށްދީފައިވަނީ ވަރަށް މަދު ފިލްމީ ތަރިންނަށާއި މަޝްހޫރު ފަރާތްތަކަކަށެވެ.
2013ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް މަރިޔަމް އައްޒަ އަކީ ފިލްމީ ތަރިއެއްގެ އިތުރުން މޮޑެލްއެކެވެ. މަޝްހޫރުވެގެން ދިޔަ ބައެއް ޕްރޮގްރާމްތައް ހުށައެޅި މަޝްހޫރު ހުށައެޅުންތެރިއެކެވެ. މީގެ އިތުރުން މަޝްހޫރު ބައެއް މަރުކާތައް ކަމަށްވާ ކޮކާކޯލާ، ލޮރިއަލް، އަދި ސެމްސަންގް ފަދަ ބައެއް ބްރޭންޑްތަކުގެ އެންބެސެޑަރެއްގެ ގޮތުގައި މަަސައްކަތްކުރަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.
އައްޒަގެ ފިލްމީ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކަށް އެންމެ އަވަހަށް ފެނިގެންދާނީ 06 އޯގަސްޓް 2023ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ އައި ފިލްމްސްގެ ފިލްމު “ނީނާ“ގައި ހިމެނޭ ވަރަށް ތަފާތު ރީތި ލަވައެކެވެ. މީގެ ތިން އަހަރުކުރިން މި ލަވަ ޝޫޓްކޮށްފައިވަނީ ލ. ގަމު އަލަށްއާބަދުވާ ސަރަޙައްދުގައި ބޭއްވި ޚާއްޞަ ސްޓޭޖް ޝޯއެއްގަ އެވެ.
View this post on Instagram
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2025ޚަބަރުސްރީ ލަންކާސް ގޮޓް ޓެލެންޓުގައި ރާއްޖޭގެ ރުބީން ފަނޑިޔާރުންގެ ޝައުޤުވެރިކަން ހޯދައިފި
- 29 ޑިސެމްބަރ 2025ޚަބަރުފަސްވަނަ ކަރްްނާޓަކާ ފިލްްމު ފެސްްޓިވަލް އިން ދިވެހި ދެ ފިލްމަކަށް ފަޚުރުވެރި އެވޯޑްތަކެއް
- 28 ޑިސެމްބަރ 2025ޚަބަރުރަށްރަށަށް ”އަލްވަދާޢު“ – ބެލުންތެރިން ބުނަނީ ވަރަށް ސަޅިއޭ!
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި




