ރ. މާކުރަތުގައި މިހާރު ޝޫޓިން ކުރިއަށްދާ ފިލްމު “އުދަބާނި 2″ގެ މުހިންމު ރޯލެއްގައި ހަރަކާތެރިވަމުން އަންނަ ހުނަރުވެރި އެކްޓަރު ޢަލީ އާޒިމް (ދޮންއައްޔަ) އެކްސިޑެންޓްވެ އަނިޔާތަކެއް ލިބިއްޖެ އެވެ. މުނިއަވަސްއަށް އެނގިފައިވާ ގޮތުން ދޮން އައްޔަގެ ކޮނޑުކަށިގަނޑުގައި ރެނދުލާފައިވެއެވެ.
މި ޚަބަރު ކަށަވަރުކުރުމަށް ދޮން އައްޔައަށް ގުޅައިލުމުން ބުނީ އޭނާގެ ވާތު ކޮނޑުކަށިގަނޑުގައި ރެނދުލުމުގެ ސަބަބުން ބެޑްރެސްޓްގައި އޮންނަން ޑޮކްޓަރު ލަފާދީފައިވާ ކަމަށެވެ. ދޮން އައްޔަގެ ކޮނޑުކަށިގަނޑުގައި ނަގާފައިވާ އެކްސްރޭ އެއް ވެސް މުނިއަވަސްއާ ހިއްސާކޮށްފައިވެއެވެ.
ދޮން އައްޔަ ބުނީ ސައިކަލުން ވެއްޓުނީ މިދިޔަ ޖުލައިމަހު 29ވަނަ ދުވަހުގެރޭ ނަތާޝާ ޖަލީލްއާ ދެމީހުން ސައިކަލުގައި ދުއްވާފައި ދަނިކޮށް ކަމަށާއި އިތުރު ވެހިކަލެއްގައި ޖެހިގެން ނޫން ކަމަށެވެ. އަދި ނަތާއަށް މާބޮޑު އަނިޔާއެއް ވެފައި ނުވާކަމަށް ވެސް އޭނާ ބުންޏެވެ.
ދޮން އައްޔައަށް އަނިޔާވެ ބެޑްރެސްޓްގައި އޮންނަން ޖެހިފައިވާއިރު، ފިލްމު “އުދަބާނި 2″ގައި ހިމެނޭ އޭނާގެ މަންޒަރުތައް އަދިވެސް ބާކީ ހުރިކަމަށް ދޮން އައްޔަ ބުންޏެވެ.
ދޮން އައްޔަ އަކީ މެދުކެނޑުމެއް ނެތި ސީރީޒްތަކާއި ފިލްމު ތަކުން ފެންނަމުން އަންނަ ހުނަރުވެރި ފަންނާނެކެވެ. ފާހަގަކޮށްލެވޭފަދަ ކާމިޔާބީތަކެއްވެސް ވެސް ހޯދަމުން އަންނަ ފަންނާނެކެވެ. އެގޮތުން މީގެ ހަތަރު އަހަރު ކުރިން ބޭއްވި ނުވަވަނަ ފިލްމު އެވޯޑްގައި ސްޕެޝަލް ޖޫރީ ޕްރައިޒް، އައުޓްސްޓޭންޑިންގ އޯލްރައުންޑް ޕާރފޯމަރ އެވޯޑް އަދި އެންމެ މޮޅު ފިރިހެން އެކްޓަރ ސަޕޯޓިންގ ރޯލް އަލީ އާޒިމަށް ލިބިފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!