“ބަހާރޯ ޕޫލް ބަރްސާއޯ، މެރާ މެހެބޫބް އާޔާހޭ” މަލުގެ ވާރޭ ވެހޭ ލަވައެއް ފިލްމު “އުދަބާނި 2″އަށް ތައްޔާރުކުރާ ވާހަކަ، ފިލްމުގެ ޑައިރެކްޓަރު އަމްޖަދު އިބްރާހީމް ބުނުމުން އަހަރެންގެ ހަނދާނަށް އައީ މި ލަވައެވެ. ނަމަވެސް އަމްޖޭ އަދި އޭނާގެ ޓީމުން ތައްޔާރުކުރަމުން ދަނީ އެހެން ލަވައެއް ކަމަށް މަޢުލޫމާތުލިބެ އެވެ. އަމްޖޭ ބުނީ “ފިލްމް އުދަބާނި 2ގެ ލަވަޔަކަށް ތައްޔާރުވަނީ…. މިފަހަރު މަލުގެވާރޭ” ކަމަށެވެ.
“އުދަބާނި 2″އަށް ތައްޔާރުކުރާ ‘މަލުގެ ވާރޭ’ ލަވައިގެ އިތުރު ތަފުސީލުތަކެއް ހިއްސާނުކޮށް، އަމްޖޭ ހިއްސާކުރަމުން ގެންދަނީ ލަވައިގެ ޝޫޓިންއަށް ތައްޔާރުވުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކެކެވެ. އެ ހުރިހައި ފޮޓޯތަކުގެ ތެރެއިން ބޮޑު ސަރަހައްދެއްގައި މަލުން ޖަރީކޮށްފައިވާ ފޮޓޯއެއް ލޮލުގައި އަޅައިގަތެވެ. ދެ ގަސް ދޭތެރޭގައި އެލުވާފައި އޮތް ‘ހެމޮކްް’ އުނދޯއްޔެއް ފުރެންދެން މަލުން ޖަރީކޮށްފައިވާ މަންޒަރުގައި ފިލްމުގެ ލީޑް އަޙްމަދު އީސާ (އާނަންދު) އަދި އާމިނަތު ޝުހާ ފެނެއެވެ.
މި ފިލްމުގައި އަހްމަދު އީސާ (އާނަންދު) އަދި އާމިނަތު ޝުހާގެ އިތުރުން ހާމިދު ޢަލީ، އަލީ އާޒިމް (ދޮން އައްޔަ) ނަތާޝާ ޖަލީލް، ޝަމީލް، މަރިޔަމް ހަލީމް، ޝަކީލާ އަދި ވަހީދު ހިމެނެއެވެ.
ލިޔުންތެރިޔާ މުހައްމަދު ގާސިމް ލިޔެފައިވާ ބިރުވެރި ވާހަކައެއް ކަމުގައިވާ “އުދަބާނި”އަށް 2009ވަނަ އަހަރު އުފައްދައި ރިލީޒްކުރި “އުދަބާނި” ފިލްމުގެ ފުރަތަމަ ބަޔަށް ވެސް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވެއެވެ.
“އުދަބާނި 2” ކެމެރާކުރަނީ، ތަޖުރިބާކާރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ) އެވެ. މިއީ ޙާމިދު ޢަލީގެ ‘ލާރނާސް ޕްރޮޑަކްޝަން’ގެ ފިލްމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި