އޮލިމްޕަސް ސިނަމާގައި ފިލްމު ދައްކާއިރު އާދައެއްގެ ގޮތުން ފިލްމު ދައްކަން ފަށަނީ ރޭގަނޑު 09:00ގައި ކަން ގިނަ ބަޔަކު ދަންނާނެއެވެ. ހަމަ އެހެންމެ ފިލްމުގެ މެދުތެރެއިން އިންޓޯލަށް ވަގުތުކޮޅެއް ދިނުމަކީވެސް ދިވެހި ސިނަމާގެ އާދަކާދައެކޭވެސް ބުނެވިދާނެ އެވެ. ނަމަވެސް މިހާތަނަށް ރާއްޖޭގައި އުފެއްދި އެންމެ ތަފާތު ފިލްމު “ނީނާ“ގެ ތަފާތު ކަމާއެކު ކުރިން މި ފާހަގަކުރި އާދަކާދައަށްވެސް މިވަނީ ބަދަލެއް ގެނެސްފައެވެ.
މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ ފިލްމު “ނީނާ” ބެލުމަށް ޓިކެޓްނަގާ ފަރާތްތަކުން ކޮންމެހެންވެސް ސަމާލުކަން ދޭންވީ ދެތިން ކަމެއް ފާހަގަކޮށްލާނަމެވެ. ފިލްމުގެ ހަމަ ކޮންމެ މަންޒަރަަކީވެސް ވަރަށް މުހިންމު މަންޒަރަކަށް ވާއިރު، އެއްވެސް މަންޒަރެއް ނުފެނި ބީވެގެން ދިއުމަކީ ހަމަ ގައިމުވެސް އެއްްވެސް މީހަކު އެދޭނެ ކަމެއް ނޫނެވެ. ވަކީން ޚާއްޞަކޮށް ފިލްމުގެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން މިވަނީ މި ފާހަގަކުރި ސަބަބަށްޓަކައި، ބެލުންތެރިން ސަމާލުވާން ޖެހޭ ބައެއްކަންކަން ފާހަގަކޮށްފައެވެ.
“ފިލްމު “ނީނާ” ދައްކަން ފަށާނީ ރޭގަނޑު 20:30ގައި.
ފިލްމު ނިމޭނެ 22:30ގައި.
ފިލްމުގެ އެއްވެސް ހިސާބަކުން އިންޓަވަލްއަށް ވަގުތު ހުހެއް ނުކުރާނެ.”
– ފިލްމު “ނީނާ“ގެ ފޭސްބްކްޕޭޖް މެދުވެރިކޮށް ފިލްމު އުފެއްދި ފަރާތުން ފާހަގަކުރޭ
އައި ފިލްމްސްގެ ފިލްމު “ނީނާ” އަކީ ދިވެހި މޮޅު ފިލްމެއް ބަލަން ބޭނުން ނަމަ ހަމަ ކޮންމެެހެންވެސް ބަލައިލަން ޖެހޭ ފިލްމެކެެވެ. ދިވެހި ފިލްމަކުން މުގުރާފައި ނުވާ އެތަކެއް ކަމެއް މި ފިލްމުން މުގުރަމުން އަންނަކަން މިއީ ފިލްމު ބެލުމަށްފަހު މީސްމީޑިއާއަށް ކޮމެންޓްތައް ދޫކުރަމުން އަންނަ ފަރާތްތަކުން ފާހަގަކުރަމުން އަންނަ ކަމެކެވެ.
ފިލްމު “ނީނާ” ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން.
ފިލްމު “ނީނާ” ބެލުމަށްފަހު ބެލުންތެރިން ހިއްސާކޮށްފައިވާ ބައެއް ކޮމެންޓްތައް ހިއްސާކޮށްލާނަމެވެ.
[MDSL id=46510]
