ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް މަރިޔަމް އަޝްފާގެ ވަރުގަދަ އަޑާއިއެކު ފޯރިގަދަ ލަވަތައް ހުށައެޅުމަށް ވަރުގަދަ އަޑެއް އޮންނަ ޙަސަން ޠަލާޤް (ތޮލާ)ގެ އަޑުން ކިޔާފައިވާ އެ ފޯރިގަދަ ލަވައިން ފެނިގެންދަނީ ހެއްވާ މަޖާ ކަންތައްތަކެވެ. މިއީ ރާއްޖޭގައި ކޮމެޑީ ފިލްމު އުފެއްދުމަށް އެންމެ ފައްކާ ޓީމުން ތައްޔާރުކޮށްފައިވާ “ވަގުންގެ ޖަގަޑާ” އެވެ.

ބޯމަތިވަމުން އަންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ހާސްކަމުގެ ތެރޭގައި ހާސްކަންފިލުވައިލާ ބޯހަމަޖައްސައިލުމަށް 05 ސެޕްޓެމްބަރު 2023ގައި ރިލީޒްކުރާ ހުއްޓުމެއް ނެތި ހެވޭނެ މަޖާ ފިލްމު “ޖޯކަރު“ގެ މި ފޯރިގަދަ ލަވައިންވެސް ފިލްމު މަޖާވާނެ މިންވަރު އަންދާޒާކޮށްލެވޭނެ އެވެ.

@muniavas “VAGUNGE JAGADAA” | JOKARU VOCAL: MARIYAM ASHFA & HASSAN THOLAG MUSIC & COMPOSED BY: HASSAN JALAL LYRICS: MOHAMED ABDUL GHANI COMING TO CINEMA ON SEP 5, 2023. #LaughmoreWorryless #Jokaru @saturnstudio_mv @shyproduction @ecreativemedia #foryoupage #fyp #contentcreators #muniavas #fvpシ #fvpviral #maldivestiktok #muniavasnews @mariyam_ashfa @ali.alyaan.azim @ahmednimal6 @actorsaeid @shielanajeeb @broraseedmoosa @leef6969 ♬ original sound – MUNIAVAS

ފިލްމު “ޖޯކަރު” މިއީ ފިލްމު “ބައިވެރިޔާ”، “ނޯޓީ ފޯޓީ” އަދި “ފޯޓީ ޕްލަސް” އުފެއްދި ޓީމުގެ މަސައްކަތެކެވެ. މިއީ “ސަޅިބައިސާ” ސީރީޒުން ފެނިގެންދިޔަ ‘އަލީ’ގެ ކެރެކްޓަރތަކުން އޭރު ގެނެސްދީފައިނުވާ ‘ސަރުދާރު އަލީ’ގެ ވާހަކަތައް ވެސް ކިޔައިދޭނެ ފިލްމެކެވެ.

ފިލްމު “ޖޯކަރު“ގެ މައިގަނޑު ކާސްޓުގައި ރާއްޖޭގެ ފިލްމީ ދާއިރާގެ ހުނަރުވެރި ފަންނާނުންތަކެއް ހިމެނެއެވެ. އެގޮތުން ވެޓަރަން އެކްޓަރ އަޙްމަދު ނިމާލް، ހުނަރުވެރި އެކްޓަރު އަޙްމަދު ސަޢީދު، ޢަލީ އާޒިމް (ދޮން އައްޔަ)، ޝީލާ ނަޖީބް، ނާޝިދާ މުޙައްމަދު (ނާއްކޮ)، އިބްރާހީމް ރަޝީދު މޫސާ (ބްރޯ)، މުޙައްމަދު ރިފްޝާން (ރިއްޕެ)، ހަމްދާން ފާރޫޤް، ޝަހީދާ އަޙްމަދު، އީމާއު، މޫސާ އަލީފް އަދި ނަދުވީ ފަދަ ފަންނާނުން ހިމެނެއެވެ.

ޕްރޮޑިއުސަރ އިސްމާޢީލް ޝަފީޤްގެ ‘ޝައި ޕްރޮޑަކްޝަންސް’ އަދި ޢަލީ ޝާނީޒް މުޙައްމަދުގެ ‘ސެޓާރން ސްޓޫޑިއޯ’ އިން ގެނެސްދޭ ޔޫސުފް ޝަފީޢުގެ ކޮމެޑީ ފިލްމު “ޖޯކަރު“ މިއީ ޔޫއްޕެ ލިޔެ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. ޕްރޮޑިއުސްކުރީ އިސްމާޢީލް ޝަފީޤް އަދި ޢަލީ ޝާނީޒް މުޙައްމަދު އެވެ. ކެމެރާކުރަނީ ޝިވާޒް (މާސްކޭ) އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.