މަންމަ އާއި ބައްޕަގެ ލޯބިން މަހުރޫމްވެފައިވާ ”ނީނާ“ އަށް ލޯބި ދަސްވަނީ ހަމްދުގެ ސަބަބުންނެވެ. ކައިވެންޏެއް ކުރުމަކީ މުހިންމުކަމެއް ކަމަށް ނުދެކޭ ”ނީނާ“ ހަމްދުއާ ކައިވެނިކުރާ ހިސާބުން އޭނާގެ ދިރިއުޅުމަށް ލިބޭ ”އާ އުއްމީދު”ގެ ފޮނިމީރުކަން ހާސިލްކުރުމަށް ހަމްދުގެ ރަށަށް ބަދަލުވެއެވެ.
އޮލިމްޕަހުގައި ކާމިޔާބު ޝޯތަކެއް ދައްކަމުން އަންނަ ފިލްމު “ނީނާ“އަކީ މާގިނަ ލަވަތަކެއް ހިމެނޭ ފިލްމެއް ނޫނަސް، ފިލްމުގައި ހިމަނާފައިވާ ދެ ލަވައަށް އިންތިޒާރުގައި ތިބި ފަރާތްތަކަށް މިއަދު މިއޮތީ ”އާ އުއްމީދު“ ދޫކޮށްލާފަ އެވެ.
މަޑުމައިތިރި، ހިތްގައިމު ރާގަކަށް ހިތްގައިމު ޅެންވެރިކަމެއް ހިމެނޭ މި ލަވައިގެ ރާގު އަދި ޅެން ހެދީ މަޝްހޫރު މިއުޒިޝަން މުހައްމަދު ޢަބްދުލްޣަނީ (ތޭރަވާ) އެވެ. މިއުޒިކްހެދީ ހުސައިން ތައުފީގު އެވެ. ލަވަކިޔާފައިވަނީ މަރިޔަމް އަޝްފާ އެވެ.
ފިލްމު “ނީނާ“ގެ މުހިންމު މަންޒަރުތަކެއް ދައްކުވައިދޭ މި ލައިން ފެންނަނީ ފިލްމުގެ ލީޑް ނުޒޫ އަދި ޝަރަފް އެވެ.
މިއަދު ”އާ އުއްމީދު“ ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު، ބެލުންތެރިން ދެން އިންތިޒާރުކުރަމުން ދަނީ ފިލްމުގައި ހިމެނޭ އެންމެ ވަރުގަދަ ލަވަ ”އައްޒަ އައްޒަ އައްޒަ“ އަށެވެ.
🎦 ފިލްމު “ނީނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން





ސަޅި ލަވައެއް
ކޮބާ އައްޒަ ލަވަ ވެން ރިލީޒިން