ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އުމުރަށް ޖަލަށްލާފަ ވޯޓު ކައިރިވީމަ ވޯޓު ހޯދަން މާފުކޮށްފަ ދޫކޮށްލާނީ” – ނީނާ

“ބޮޑުވަރު ވެގެން ޖަލަކަށްނު ލާނީ… އުމުރަށް ޖަލަށްލާފަ ވޯޓު ކައިރިވީމަ ވޯޓު ހޯދަން މާފުކޮށްފަ ދޫކޮށްލާނީ… މީނު މި ގައުމުގަ ކައޭމެން ތި ހައްޔަރުކުރާ ކުށްވެރިންގެ ހާލަކީ!!

– ފިލްމު “ނީނާ”ގެ މަންޒަރެއްގައި ‘ނީނާ'(ނުޒޫ)

މިއީ ފިލްމު ބަލަން ތިބި އޯޑިއަންސް އެއްކޮށް ކަހަލަ ގޮތަކަށް ކެކިގެން ދިޔަ ޑައިލޮގުކޮޅެކެވެ. އެއްމެނަށް އެއްބަސް ވެވުނު ބޮޑު ހަޤީޤީ ވާހަކައެކެވެ.

އައި ފިލްމްސްގެ ދެވަނަ ފީޗާ ފިލްމު “ނީނާ”ގެ ޝޯތައް ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ ދަންވަރު ދައްކަން ފަށަން ތައްޔާރުވެފައިވާއިރު، އައި ފިލްމްސް އިން މިއަދު މިވަނީ ފިލްމުގެ އާ މަންޒަރުތަކަކާއެކު އާ އިޝްތިހާރުކޮޅެއް ދޫކޮށްލާފައެވެ.

ފިލްމު “ނީނާ”ގެ މި އިޝްތިހާރުކޮޅުން، މި ފިލްމުގެ މައިގަނޑު ހާދިސާތައް ދައްކުވައިދޭ ބައެއް މަންޒަރުތައް ފެނިގެންދެއެވެ. ހިތަށް އެންމެ އަސަރުކުރުވި މަންޒަރުތަކުން ބައެއް ތަންތަންކޮޅުވެސް ފެނެއެވެ.

@

♬ –

އިލްޔާސް ވަހީދު ޑައިރެކްޓްކޮށްފައިވާ ފިލްމު “ނީނާ” އަކީ އަހަރުމެން ފިލްމީ ބަހުރުވައިން ބޭނުންކުރާ ‘ނަހޫ އިފެކްޓް’ ބޭނުންނުކޮށް، ހިތެއް އޮތް އިންސާނެއް ވިއްޔާ، ހިތަށް އަސަރުކުރުވާ ފަދަ އެތައް މަންޒަރުތަކެއް ފެނިގެންދާ ފިލްމެކެވެ. މި ފިލްމުގެ ދަންވަރު ޝޯތަކެއް ބާއްވަން އައި ފިލްމްސް އިން ނިންމީވެސް ފިލްމު ބަލަން ބޭނުންވާ ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިންނެވެ. ރޭގަނޑުގެ ޝޯ ފަށާ ވަގުތަކީ 23:30 އެވެ.

ފިލްމު “ނީނާ”ގެ ޓިކެޓް މިހާރުވެސް އޮލިމްޕަސް ހުޅުވިފައި ހުންނަ ވަގުތަކުގައި ޓިކެޓް ކައުންޓަރުން ގަންނަން ލިބެން ހުންނާނެ އެވެ. މީގެ އިތުރުން 7242555 ނަންބަރަށް ގުޅައިގެންވެސް ޓިކެޓްގެ ކަންތައް ހަމަޖެއްސޭނެ އެވެ.

ފިލްމު “ނީނާ”ގެ މި ހަފުތާގެ ކުރިއަށް ހުރި ޝޯތަކުގެ ޝެޑިއުލް – ފޮޓޯ: އައި ފިލްމްސް

🎦 ފިލްމު “ނީނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ސުހާ3 އަހަރު ކުރިން

އިއްލެ މާ ގިނަ ވާހަކަނުދައްކާ އައްޒަގެ ސޯންގް ޕްލީޒް

އަލްބޮ3 އަހަރު ކުރިން

ނުޒޫ ވަރަށް މޮޅު ތަޅާލަން

މުހުން3 އަހަރު ކުރިން

ތި ފިލްމުގެ މޮޅުކަމުގެ ވާހަކަ ދައްކާކަށް ނެތީން. އެކަމަކު ނުޒޫ މައި ލޯބީގެ އެކްޓިން ހާދައޭ ގައްޑާއީ

ޒޯޔާ3 އަހަރު ކުރިން

ތެދެއް. ވަރަށް ބޮޑު ތެދެއް. ރާއްޖޭގެ ކޮންމެ ވެރިކަމެއްގެވެސް ހާލަތު. މި ފިލްމަކީ މާސްޓާ ޕީސްއެއްގެ އިތުރުން ރާއްޖޭގެ ކަޅު ފަރާތް ދައްކަދޭ މޮޅު އުފެއްދުމެއް. ރޭގަނޑު ޝޯއަށް ބޯއީ ފްރެންޑް ގޮވައިގެން ދާން އެބަ ވިސްނަން

Home
Menu
Search
Back to top