ޑާކް ރެއިން އެންޓަޓެއިންމެންޓުން އެންމެ ބޮޑު ހޭދައެއް ކޮށްގެން އުފެއްދި ވަރުގަދަ ލޯބީގެ ފިލްމު “ނޮވެމްބަރ” ރިލީޒްކުރުން 04 ޑިސެމްބަރު 2023 އަށް ތާވަލްކޮށްފިއެވެ. އެހެންކަމުން މިއަހަރަކީ ޑާކް ރެއިންގެ މި ފިލްމާއެކު ޑިސެމްބަރު މަހުވެސް “ނޮވެމްބަރ“އަންނަ އަހަރަކަށް މިވަނީ ވެފައެވެ.
ފިލްމު “ނޮވެމްބަރ“އަކީ ވަރަށް ތަފާތު ލޯބީގެ ވާހަކައެއްގެ ތެރެއިން ދިވެހި މުޖުތަމަޢުގައި ހިނގަމުން އަންނަ ވަރަށް ޚައްސާސް ކަމެއް ހިމަނައިގެން ގެނެސްދޭ ރީތި ފިލްމަކަށް ވާނެ ފިލްމެކެވެ.
ލާމަސީލު ލާމުގެ ހިތްގައިމު މަންޒަރުތައް، އަފިރިންގެ އައްޑޫގެ ސަޅި މަންޒަރުތަކުގެ އިތުރުން، ކ. ތުލުސްދޫ އަދި ސިންގަޕޫރުގެ ހިތްގައިމު މަންޒަރުތަކެއް ފެނިގެންދާ މި ފިލްމުން ރާއްޖޭގެ މަޝްހޫރު އަދި މަޤުބޫލު މޫނުތަކެއް ފެނިގެންދާނެ އެވެ. ފިލްމުގެ ލީޑް ތަރިންގެ އިތުރުން ފެނިގެންދާ އެ މޫނުތަކުގެ ތެރޭގައި ހުނަރުވެރި ޕްރެޒެންޓަރ މޫސާ ވަސީމް، ދިވެހިބަހުގެ އެދުރު ޢަބްދުﷲ ޞާދިޤް، މޭނާ ހައްސާން، ޝަލަބީ ފަދަ އިތުރު މޫނުތަކެއް ހިމެނެއެވެ.
ފިލްމުގެ ލީޑުން ފެނިގެންދާނީ މަޝްހޫރު އެކްޓަރެސް މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލެވެ. މި ފިލްމަކީ މަޖޫގެ ވަރަށް ތަފާތު އަދި އެހާމެ އަސަރުގަދަ މޮޅު އެކްޓިންއެއް ފެނިގެންދާނެ ފިލްމެކެވެ.
އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭ ފިލްމު “ނޮވެމްބަރ“ގެ އެކިއެކި ރޯލުތަކުން ބޮޑު ކާސްޓެއް ފެނިގެންދާނެއެވެ. އެގޮތުން އާއިޝަތު ޔާދާ، އައިޝަތު ޢަލީ، ކުރީގެ އެކްޓަރު އިސްމާއީލް ވަޖީހާއި އޭނާގެ ދަރިއެއް ކަމަށްވާ ތަރީޝް އިސްމާއިލް، ލަވަކިޔުންތެެރިޔާ ޝަލަބީ އާއި މޭނާ ހައްސާނު، މަޝްހޫރު ޕްރެސެންޓަރ މޫސާ ވަސީމް އާއި ދިވެހިބަހުގެ އުސްތާޒު ސޯދުބޭވެސް ފެނިގެންދާނެއެވެ. މީގެ އިތުރުންވެސް ޑާކްރެއިންގެ ފިލްމުތަކުން ފެންނަ ބައެއް އެހެން މޫނުތައްވެސް ފެނިގެންދާނެއެވެ.
ފިލްމު “ނޮވެމްބަރ”ގެ ސްކްރީންޕްލޭ ލިޔުނީ ޢާއިޝަތު ފުއާދު އާއި ޢަހްމަދު ޠަލާލް އެވެ. ޑައިރެކްޓްކޮށް ކެމެރާކުރީ ޝިފާއު (ޗިއްޕެ) އެވެ. ކޯ-ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތެރިވެފައި ވަނީ އާއިޝަތު ފުއާދެވެ. ޗިއްޕެއާއެކު ކެމެރާކުރުމުގައި އަޙްމަދު ޝިނާން ވެސް ހަރަކާތެރިވިއެވެ.
🎦 ފިލްމު “ނޮވެމްބަރ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި
- 28 އޭޕްރިލް 2025ޚަބަރުފިލްމު “އަބަދަށް” ޕްރިމިއާކުރުން މިރޭ!
އޭނ.ނޮވެމްބަރު އަންނާނީ ޑިސެމްބަރުގައޭ. ތިޔަ ކިޔޭ އެއްޗެއް އެބަ އެނގޭތަ
ދަ މޯސްޓް އެވެއިޓިން މޫވީ ފޯރ ޔާސް
މިހާރު އެޖުމައްޔިލު ސަލާމަތްވީތަ؟ ބޮއިހަލަކި