މާކަނަމަދު (އާމަންޑް) މިއީ މަދުގެ ބާވަތްތަކުގެ ތެރެއިން ސިއްހަތަށް އެންމެ ފައިދާހުރި ބާވަތްތަކުގެ ތެރޭގައި ހިމެނޭ ފައިދާހުރި ކާނާއެކެވެ. މާމިން އޮއްޓަރު (ނިއުޓްރިއެންޓް) ގިނަ، ކާބޯހައިޑްރޭޓްސް ގެ މިންވަރު މަދު އެއްޗެކެވެ. ބަރުދަން ލުއިކުރުމަށާއި ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ދުވާލަކު އެއްފަހަރު މާކަނަމަދު ކެއުމަކީ މުހިންމު ކަމެކެވެ. އެގޮތުން ނާސްތާގައި މާކަނަމަދު ބޭނުންކުރުމުގެ ސަބަބުން ބަނޑުހައި ހޫނުކަން ކުޑަކޮށްދީ، ކާހިތްވާ މިންވަރު މަދުކޮށްދެއެވެ.
މާކަނަމަދު ނުވަތަ އާމަންޑުން ސަރުބީ ދަށްކޮށްދޭ ހެއްޔޭ އަހައިލުމުން ސިއްހީ ބައެއް މާހިރުން ދީފައިވާ ޖަވާބުތަކެއް ހިމަނާލާނަމެވެ.
”މާކަނަމަދަކީ ޕްރޮޓީން އަދި ފައިބަރު ގިނަ، ސިއްޙަތަށް ފައިދާހުރި ގަހުގެ ތެޔޮ (ޕްލާންޓް އޮއިލް) މުއްސަނދި އެއްޗެއް. ދިރާސާތައް ދައްކާގޮތުން މާކަނަމަދު ކެއުމުން އެލްއެލްޑީ (ހަށިގަނޑަށް ގެއްލުންހުރި) ކޮލެސްޓްރޯލް ދަށްކޮށްދޭ. މާކަނަމަދާއި މަދުގެ އެހެނިހެން ބާވަތްތައް ކެއުމުގައި ހިމެނުމުން ސަރުބީ ދަށްކޮށްދިނުމަށް އެހީތެރިވެދޭނެ.“
– ޖެނިފާ ކަޓްސް (ބެޗްލާސް ޑިގްރީ) – ޑައިބެޓިކްސް އެންޑް ކްލިނިކަލް ނިއުޓްރިޝަން ސާރވިސަސް
”މާކަނަމަދުގައި ފައިބަރު އަދި ސިއްޙަތަށް ފައިދާހުންނަ ފެޓްސް ހިމެނޭ. މި ދެ އެއްޗަކީވެސް ސަރުބީގެ މިންވަރު ރަނގަޅުކޮށްދިނުމަށް އެހީވެދޭ އެއްޗެއް.“
– ސްޓެފިނީ ސްމޯލް – މާސްޓަރ އޮފް ސައިންސް އިން އެކްސަސައިޒް ސައިކޮލޮޖީ އެންޑް ސްޕޯޓްސް ނިއުޓްރިޝަން
﹌﹌﹌﹌﹌﹌
ލަފުޒު ކާޑު: އާއްމު ނޫން ނުވަތަ އައު ލަފުޒުތައް ކިޔުންތެރިންގެ ސަމާލުކަމަށް ގެނައުމާއި ހަނދާނުގައި ބެހެއްޓުމަށް ފަސޭހަވާނެ ގޮތަކަށް ބައެއް ލިޔުންތަކުގައި ހިމަނާލާނަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން





ތީ އަލްމަންޑު ކޮން މާކަނަމަދެއްތަ…. ބޮއިހަލަކި