އޭ ދުނިޔޭގެ ދަތުރުވެރިޔާއެވެ.
ދުނިޔޭގައި ތިބާގެ މަންޒިލަކީ ކަށްވަޅެވެ.
ދުނިޔެމަތީގައި ތިބާ ފަށާފައިވާ ދަތުރު ދެމިއޮންނާނީ އެންމެ ދެތިން ދުވަހަށެވެ.
ދުނިޔެ އުފެއްދެވި ފަހުން ދުނިޔެއަށް ހިޔަހާސް އިންސާނުން އުފަންވެއްޖެއެވެ.
ނަމަވެސް އެއްވެސް އިންސާނަކަށް ތާއަބަދު މިބިމުގައި ނޫޅެވެއެވެ.
އެމީހުން ވެސް ވަނީ މި ބިމުގެ ވެއްޔާއި މޮޑެވި ނެތިގޮސްފައެވެ.
މިކަން ނަމަނަމަ ހަނދާން ނައްތައިނުލާށެވެ. މިއީ ހަމަ ކޮންމެ މީހެއްގެ އަޖަލު އޮތްގޮތެވެ.
އޭ ދުނިޔޭގެ ދަތުރުވެރިޔާ އެވެ.
ދުނިޔޭގައި ތިބާގެ މަންޒިލަކީ ކަށްވަޅެވެ.
ތިބާގެ ކުރިމަތީގައި ކިތަކެއް ޖަނާޒާ ބޭއްވުނުތަން ލޮލުން ދެކެފިންހެއްޔެވެ؟
ތިބާގެ ދެއަތުން ކިތަކެއް މަހާނަޔަށް ވެލި އުކައިފިން ހެއްޔެވެ؟
މިކަންކަން އެނގިހުރެ ތިބާ ޣާފިލުވަނީ ކީއްވެގެން ހެއްޔެވެ؟
އޭ ދުނިޔޭގެ ދަތުރުވެރިޔާ އެވެ.
ދުނިޔޭގައި ތިބާގެ މަންޒިލަކީ ކަށްވަޅެވެ.
ދުނިޔޭގެ ބިމުގައި އިމާރާތްކުރާ އަގުބޮޑު ކިއްލާތަކުގެ އެއްވެސް ބޭނުމެއް ނެތެވެ.
އެ އުސް، ހިތްފަސޭހަ އިމާރާތްތައް ހިފައިގެން ކަށްވަޅަކަށް ނުދެވެއެވެ.
ހަމަކޮންމެ މީހަކަށްވެސް ދުނިޔޭގެ ބިމުން ލިބޭނީ ދެ މީޓަރެއްހައި ކުޑަކުޑަ ބިންކޮޅެކެވެ.
އޭ ދުނިޔޭގެ ދަތުރުވެރިޔާ އެވެ.
ދުނިޔޭގައި ތިބާގެ މަންޒިލަކީ ކަށްވަޅެވެ.
ގެއްލިއްޖެ މިއަދެއް، މާދަމާ ނުލިބޭނެއެވެ.
ތިބާއަކީ ދުނިޔޭގައި އަބަދަށް ދެމިހުންނާނެ މީހެއް ނޫނެވެ.
ތިބާގެ ފަހުގެ މަންޒިލަށް ދާންޖެހޭނެއެވެ.
ދުނިޔެމަތީގައި ތިބާ ފަށާފައިވާ ދަތުރު ދެމިއޮންނާނީ އެންމެ ދެތިން ދުވަހަށެވެ.
އޭ ދުނިޔޭގެ ދަތުރުވެރިޔާ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




