މިއީ މި އަހަރު ނެރޭ އެންމެ ވަރުގަދަ ކޮމެޑީ ފިލްމަށް ވާނެ ފިލްމު ކަމަށް ފިލްމު އުފައްދާ މީހުން ނުބުންޏަށް ހަމަ ގައިމުވެސް އަހަރުމެން އެހެން ބުނާހިތްވެއެވެ. ސަބަބަކީ މި ފިލްމަކީ މިހާތަނަށް ރާއްޖޭގައި ނެރުނު އެންމެ މަޖާ ކޮމެޑީ ފިލްމުތައް އުފެއްދި މީހުންގެ މަސައްކަތަކަށް ވުމެވެ.

މިއަހަރު ސިނަމާއަށް ރިލީޒްކުރާ ފުރަތަމަ ކޮމެޑީ ފިލްމު “ޖޯކަރުު”ގެ ޓިކެޓް ވިއްކަން ފެށީ މިއަދު އެވެ. ޓިކެޓް ވިއްކަން ފެށިތާ އިރުކޮޅެއް ތެރޭގައި ފުރަތަމަ ޝޯ އެއްކޮށް ހައުސްފުލް ވެފައިވާ ކަމަށް ފިލްމުގެ އެއް ޕްރޮޑިއުސަރު މުނިއަވަސްއަށް މިއަދު ބުންޏެވެ.

05 ސެޕްޓެމްބަރު 2023ގައި ރިލީޒްކުރާ ކޮމެޑީ ފިލްމު “ޖޯކަރުު”މިއީ “ލާފް މޯރ، ވޮރީ ލެސް” ސްލޯގަންއާއެކު ޕްރޮމޯޓްކުރަމުން އަންނަ ބޮޑު ކާސްޓެއް ފެނިގެންދާނެ ފިލްމެކެވެ.

ފިލްމު “ޖޯކަރު“ގެ މައިގަނޑު ކާސްޓުގައި ރާއްޖޭގެ ފިލްމީ ދާއިރާގެ ހުނަރުވެރި ފަންނާނުންތަކެއް ހިމެނެއެވެ. އެގޮތުން ވެޓަރަން އެކްޓަރ އަޙްމަދު ނިމާލް، ހުނަރުވެރި އެކްޓަރު އަޙްމަދު ސަޢީދު، ޢަލީ އާޒިމް (ދޮން އައްޔަ)، ޝީލާ ނަޖީބް، ނާޝިދާ މުޙައްމަދު (ނާއްކޮ)، އިބްރާހީމް ރަޝީދު މޫސާ (ބްރޯ)، މުޙައްމަދު ރިފްޝާން (ރިއްޕެ)، ހަމްދާން ފާރޫޤް، ޝަހީދާ އަޙްމަދު، އީމާއު، މޫސާ އަލީފް އަދި ނަދުވީ ފަދަ ފަންނާނުން ހިމެނެއެވެ.

ކޮމެޑީ ފިލްމު “ޖޯކަރުު” ލިޔެ ޑައިރެކްޓްކުރަނީ މިހާތަނަށް ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބެލި ކޮމެޑީ ފިލްމުތައް ކަމަށްވާ “ބައިވެރިޔާ”، “ނޯޓީ ފޯޓީ”، “ފޯޓީ ޕްލަސް” ލިޔެ ޑައިރެކްޓްކުރި ޔޫސުފު ޝަފީޢު (ޔޫއްޕެ) އެވެ.

އިސްމާޢީލް ޝަފީޤް އަދި ޢަލީ ޝާނީޒް މުޙައްމަދު ޕްރޮޑިއުސްކޮށްފައިވާ

“ޖޯކަރު“ގެ މަންޒަރުތައް ކެމެރާކޮށްފައިވަނީ މާސްކޭ އެވެ. ބެކްމިއުޒިކް ހެދީ އައްޔުމަން ޝަރީފުއެވެ. ޕޯސްޓަރ ޑިޒައިން ގްރެފިކްސް ހެދީ ފައިސަލް އެވެ.

ފިލްމު “ޖޯކަރުު”ގެ ޓިކެޓް އޮންލައިންކޮށް ބުކްކޮށްދޭން ފަށާފައިވާއިރު ފިލްމުގެ ޓިކެޓް ހޯދުމަށް 7458800އަށް ޓެކްސްޓެއް ކޮށްލައިގެން ނުވަތަ ގުޅައިގެން ބުކިން ހަދައިލެވޭނެ އެވެ.

މިއީ ޝައި ޕްރޮޑަކްޝަން އަދި ސެޓަރން ސްޓޫޑިއޯގެ އުފެއްދުމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.