ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެމްވީ މީމު ޢަލީ ފޮންޓަކީ މުނިއަވަސް ލޯގޯ ހެދި މާވަށު މޯޑްގެ އަތުލިޔުން

ހިތްގައިމު ދިވެހި ފޮންޓްތަކެއް އެއްތަނަކުން ލިބެން ހުންނަ dhivehifont.com ވެބްސައިޓަކީ ފަސޭހަކަމާއެކު ޒަމާނީ ސްޓައިލްތަކުގެ ތާނަ ފޮންޓްތަކެއް ލިބެން ހުންނަ ވެބްސައިޓެކެވެ. މި ވެބްސައިޓްގައި ހުރި ފޮންޓްތަކުން، ވަރަށް ހިތްގައިމު ފޮންޓެއް ލޮލުގައި އަޅައިގަތެވެ.

އެމްވީ މީމު އަލީ ނަމުގައި ހިމަނާފައިވާ މި ފޮންޓަކީ އަވަސް އަތުލިޔުމުގެ ފޮންޓެކެވެ. ފޮންޓް ހެދީ ޙުސައިން ނިޔާޒެވެ. ނަމަވެސް މި ފޮންޓަކީ މުނިއަވަސްއާ ގުޅުމެއް އޮތް ޒުވާނަކާ ނުހަނު ބޮޑު ގުޅުމެއް އޮތް ފޮންޓެކެވެ. މިއީ މުނިއަވަސް ރަސްމީ ލޯގޯ ފަރުމާކޮށްފައިވާ ލ. މާވަށު މުޙައްމަދު ޢަލީ (މާވަށު މޯޑް)ގެ ހިތްގައިމު އަތުލިޔުން އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ފޮންޓެކެވެ.

އެމްވީ މީމު އަލީ ހެދީ މުޙައްމަދު ޢަލީގެ އެކުވެރިއެކެވެ. ފޮންޓްގެ ތަޢާރަފުގައި ލިޔެލާފައިވާ އިބާރާތްކޮޅު ނަކަލުކޮށްލާނަމެވެ.

“އެކުވެރި މުޙައްމަދު ޢަލީ (ލ. މާވަށް) ފޮންޓް ހެދިފައި މިވަނީ އަތިލިޔުމުގެ އަސްލު ނުގެއްލޭނެ ގޮތަށް ބަލައިގެންނެވެ. މި ފޮންޓްގެ އެއް އަކުރެއް އަދި ފިލިވެސް އެކި ބަސްތަކުގައި އެކި ގޮތަށް ލިޔެވޭނެ އެވެ. މި ފޮންޓް ހެދުމުގެ މަސައްކަތަކީ ތަފާތު ތަޖުރިބާއެކެވެ.”

ޙުސައިން ނިޔާޒު / ދިވެހިފޮންޓް

މިއީ ބައްދަލުވުންތަކުގައި ޔައުމިއްޔާ ނޯޓު ނެގުމާއި ސިޓީ ބިޓީ ފަދަ ލިޔުންތަކުގެ ދެލިކޮޕީ ތައްޔާރުކުރުން ފަދަ ކަންކަމުގައި، މުހައްމަދު އަލީ އަވަސް އަތުލިޔުން ލިޔެއުޅޭ ގޮތުގެ ނަކަލަކާ ވައްތަރުކޮށް ހެދިފައިވާ ފޮންޓެއް ކަަމަށް ދިވެހިފޮންޓް ވެބްސައިޓްގައި ބުނެފައިވެއެވެ. ނުރަސްމީ ލިޔުންތައް، އިސްތިހާރު އަދި އެކިއެކި ހަފުލާތަކުގެ ދަޢުވަތު ކާޑު ފަދަ ތަކެތީގައި ލިޔުމަށް މި ފޮންޓް ބޭނުން ކުރެވިދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެމްވީ މީމު އަލީ ފޮންޓް ބޭނުންކޮށްގެން ލިޔުންކޮޅެއް ލިޔެފައި – ފޮޓޯ: މުނިއަވަސް

ދިވެހިފޮންޓް ވެބްސައިޓް ހެދުމުގެ އެންމެ މުހިންމު ބޭނުމަކީ ތަފާތު ފޮންޓްތައް ދިވެހިންނަށް ފޯރުކޮށްދިނުން ކަމަށް އެ ވެބްސައިޓުން ބުނެއެވެ. މީގެ އިތުރުން މިހާރު ފެންނަ ގިނަ ފޮންޓްތަކަކީ ވަރަށް ކުރީގެ ފޮންޓްތަކަކަށް ވެފައި އައު ފޮންޓްތަކެއް ނެރުމަކީ މި ވެބްސައިޓް ހިންގާ ފަރާތުގެ އިސް އަމާޒެއް ކަން ފާހަގަކުރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ޢައިޝާ ޢަލީ2 އަހަރު ކުރިން

ކުޑައިރު ދަރިންގެ ތާނަ އަތުލިޔުން ރީތި ކުރުމަށް މަސައްކަތް ކުރުުމަކީ ވަރަށް މުހިންމުކަމެއް.

ސެންޓޭ2 އަހަރު ކުރިން

ސަޅި އަތުލިޔުމެކޭ ތަޅޭ މޯޑް އިނބަ ގެންގޮޅެނޫ

ނޫރު2 އަހަރު ކުރިން

ވަރަށް ހިތްގައިމު ފޮންޓެއް. ދެން ހުރި ފޮންޓްތައްވެސް ވަރަށް ސަޅި

Home
Menu
Search
Back to top