މަޝްހޫރު ލަވަކިޔުންތެރިޔާ މަސްއޫދު މޫސާ ދީދީ ނިޔާވެއްޖެ އެވެ.

މަސްއޫދު ނިޔާވީ އިންޑިއާގެ ޓްރިވެންޑްރަމްގައި މިއަދު ހަވީރުގެ ވަގުތެއްގައެވެ. މަސްއޫދު ނިޔާވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހުގަ އެވެ. ދާދި ފަހުން އުމްރާގެ އަޅުކަމަށް ސައުދީއަށް ދިއުމަށް ފަހު އެނބުރި އައި ފަހުން މަސްއޫދު އުޅުނީ ބަލިވެ ކަމަށް އާއިލާ އިން ބުނެ އެވެ.

އަޑުގެ ބޭންޑުން ވިދާލި މަސްއޫދަކީ ވަރަށް ރީތި ލަވަތަކެއް ކިޔާފައިވާ ހުނަރުވެރި ލަވަކިޔުންތެރި އެކެވެ. އަމިއްލަ ރާގުތައް ހަދާފައިވެއެވެ.

މަސްއޫދަށް ތިން ދަރިން ލިބުނެވެ. އޭގެ ތެރެއިން ލިލީތާ މަސްއޫދަކީ ވެސް ލަވަކިޔުންތެރި އެކެވެ. މަސްއޫދަކީ ޢަބްދުލް ހަންނާން މޫސާ ދީދީގެ ބޭބެ އެކެވެ.

މަސްއޫދުގެ އަނބިކަނބަލުންނަކީ މަޝްހޫރު އެކްޓަރު އަޙްމަދު ނިމާލްގެ މަންމަ އަނީސާ އީސާ (ރާ އަނީސާ)އެވެ. އޭނާއަކީ ރާއްޖޭގައި އުފެދުނު މުޖުރާ ނެށުންތެރިންގެ ތެރެއިން ރަން އަކުރުން ފާހަގަކޮށްލެވޭ ނެށުންތެރިއެކެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ މަސްޢޫދު މޫސާދީދީ އާއި އަނީސާ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.