ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ކަޅަކި” ފިލްމުގެ ޓިކެޓް ބުކްކުރުމުގެ ފުރުސަތު ހުޅުވާލައިފި

ކުރުކޮށް ފޮނިކޮށް

🎞️ ބިރުވެރި ފިލްމު “ކަޅަކި” ރިލީޒްކުރާނީ 07 އޮކްޓޫބަރު 2023ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގައި

🎞️ ޕްރޮޑިއުސްކުރީ ނިޢުމާ މުޙައްމަދުގެ ޕްރޮޑަކްޝަން ހައުސް ‘ނިއުޒޯ ފިލްމްސް’އިން. ލިޔެ ޑައިރެކްޓްކުރީ ޔޫސުފް ޝަފީޢު (ޔޫއްޕެ)

🎞️ ފިލްމުގެ ޓިކެޓް ބުކްކުރުމަށް 9494455 އަށް ގުޅައިގެން ނުވަތަ ވައިބަރުން މެސެޖެއްކޮށްލައިގެން ކުރިއަށް ގެންދެވޭނެ

🎞️ ފިލްމުގެ 99.9 އިންސައްތަ ޝޫޓްކޮށްފައިވަނީ ސްރީލަންކާގައި

‘ބައެއް ފާފަތަކަކީ މުޅި އުމުރަށް އެކަމުގެ އުނދަގުލާ ކުރިމަތިލާން ޖެހޭ ކަމެއް’ – މިއީ މި ފިލްމުގެ ޓެގްލައިން އެވެ. އެހެންކަމުން މި ބިރުވެރި ފިލްމުން ފެނިގެންދާނީ ފިލްމުގައި ހަރަކާތްތެރިވާ ކޮންމެވެސް މީހަކު ނުވަތަ ބަޔަކު ކޮށްފައިވާ ކުށެއްގެ ސަބަބުން އޭގެ އުނދަގޫތަކެއް ކުރިމަތިލާން ޖެހޭ ހާދިސާތަކެެއް ކަމަށް ބެލެވެއެވެ.

ފިލްމު ކަޅަކި”ގެ ޓިކެޓް ބުކިން ހަދަން ފަށާފައިވާއިރު ފިލްމުގެ ޓިކެޓް ބުކްކުރުމަށް 9494455 އަށް ގުޅައިގެން ނުވަތަ ވައިބަރުން މެސެޖެއްކޮށްލައިގެން ކުރިއަށް ގެންދެވޭނެ އެވެ.

ފިލްމު “ކަޅަކިި”ގެ މައިގަނޑު ކާސްޓުގައި ހިމެނެނީ ޔޫސުފް ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން، މުޙައްމަދު މަނިކް، ރިޝްފާ، ލަހޫގެ އިތުރުން ވާޝިޔާ މުޙައްމަދު (ޝިޔާ) އެވެ.

ޔޫއްޕެ ލިޔެ ޑައިރެކްޓްކޮށްފައިވާ ބިރުވެރި ފިލްމު “ކަޅަކިި” ކެމެރާކުރީ ތަޖުރިބާކާރު އަދި ގިނަ ފިލްމުތަކެއް ކެމެރާކޮށްފައިވާ އިބްރާހީމް މޫސާ (ދަބަ) އެވެ. ފިލްމުގެ މަންޒަރުތައް ސްރީލަންކާގެ ކޮލޮމްބޯ، ކެންޑީގެ އިތުރުން ނުވަރަލިޔާގެ ހިތްގައިމު ލޮކޭޝަން ތަކުގައި ޝޫޓްކޮށްފައިވެއެވެ.

ފިލްމު “ކަޅަކިި”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އެވެ.

@muniavas KALHAKI Releasing on 07.10.2023 @ecreativemedia @eupeonline0 @neumamohamed77 @lark4050 #onlinemedia #fvpシ #fvpviral #maldivestiktok ♬ original sound – MUNIAVAS

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ކައްޗާ2 އަހަރު ކުރިން

ތިޔަ ނޫހަކީ ރާއްޖޭގަ ތިބި އެންމެ ޑީގްރޭޑް މީހުން ޕްރޮމޯޓްކުރާ ނޫސް. ފިލްމުކުޅުމާ މިއުޒިކް ކުޅޭ މީހުން ޕްރޮމޯޓްކުރަން މި ސަރުކާރުން ކިތަންމެ ހިތްވަރެއް ދިނަސް، ބަލަން ތިބޭތި. ދެން އަންނަ އަހަރުމެންގެ ސަރުކާރުން ތި ހުރިހާ އާލާތުން ހުއްޓުވާނަން. ނޫސްވެސް ހުއްޓުވާނަން. މި ރާއްޖޭގަ މިއުިޒކް އަދި ފިލްމުކުޅުމުގެ ފާހިޝް އަމަލު ހުއްޓުވާނަން

ކުކުޅުދޫ މީހާ2 އަހަރު ކުރިން

ނިއުމާ އަދިވެސް އެ ހިތްގައިމު

Home
Menu
Search
Back to top