މަޝްހޫރު މިއުޒިކް ބޭންޑް ‘ސްކައިރޮކް’ގެ އާ ލަވައެއް މިމަހު 10ވަނަ ދުވަހު މިވަނީ ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ. “ރޭވަ”ގެ ނަމުން އާއްމުކޮށްފައިވާ މި ލަވައަކީ ބޭންޑްގެ ދެވަނަ ލަވަ އެވެ. ލަވަ ޔޫޓިއުބަށް ދޫކޮށްލީ ވީޑިއޯއާ ވެސް އެކީގަ އެވެ.
ލަވަ ކިޔާފައިވަނީ ފައްފުގެ އިތުރުން އިންޝާ އެވެ. ކީ ބެކިންގ ވޯކަލްސްގައި ޙުސައިންގެ އަޑުއިވިގެންދެއެވެ.
ހަމަ މެންބަރުން ހިމެނޭ ސްކައިރޮކުން ބުނީ “ރޭވަ” އަކީ ބޭންޑުން އަންނަ މަހު ރިލީޒްކުރަން ތައްޔާރުމުން އަންނަ އަލްބަމް “ސަމުގާ” ގައި ހިމެނޭ ލަވައެއް ކަމަށެވެ. މި ބޭންޑްގެ ފުރަތަމަ ލަވަ “ހޭވައްލާ ތައްޔާރު” ރިލީޒްކުރީ މިއަހަރު އަންހެނުންގެ ދުވަހާ ދިމާކޮށެވެ.
ލަވައިގެ ޅެން ހެދީ ސްކައިރޮކްގެ މެންބަރުންކަމަށްވާ ޢަބްދުﷲ އީސާފުޅު (އީސަ) އަދި ޢަބްދުﷲ ފަރްހާން (ފައްފު) އެވެ. ލަވައިގެ ބޭސް ކުޅުނީ އިނާން އެވެ. ލީޑް ގިޓަރ ޒަޔާން އެވެ. ހިތްގައިމު ބެރު ޖަހާފައިވަނީ ފައިޒާން އެވެ.
މިފަހަރުވެސް ލަވައިގެ ވީޑިއޯ އުދެއްދީ ‘މަދޯޝިޕް’ގެ ޓީމުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!