އިންޑިއާގެ ޒީޓީ އަދި ޒީ5 ން ދައްކަމުން އަންނަ މަޤްބޫލު ޑްރާމާ ސިލްސިލާ “ޕިޔާރް ކާ އޭކް ނާމް ރާދާ-މޯހަން” ޑްރާމާ ސިލްސިލާގެ މަންޒަރުތަކެއް ރާއްޖޭގެ ރިޒޯޓެއްގައި ޝޫޓްކޮށްފިއެވެ. މި މަންޒަރުތައް ހިމެނޭ އެޕިސޯޑް މިމަހު 19 އިން ފެށިގެން ކޮންމެ ދުވަހެއްގެ އެޕިސޯޑްގައިވެސް މިއަދާ ހަމައަށް ދައްކަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

މިއީ ރާއްޖޭގައި އިންޑިއާގެ ޓީވީ ސީރީޒެއްގެ މަންޒަރުތައް ނެގި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

“ޕިޔާރް ކާ އޭކް ނާމް ރާދާ-މޯހަން” ޑްރާމާ ސިލްސިލާގެ މަންޒަރުތައް ރާއްޖޭގައި ޝޫޓްކުރީ ސަން ޝިޔާމް އިރުފުށި ރިޒޯޓްގައެވެ. މި މަންޒަރުތަކުގައި މި ޑްރާމާގެ ލީޑް ކުޅެމުންދާ މަޝްހޫރު ތަރިން ކަމަށްވާ ޝަބީރް އަހްލުވާލިއާ، ނީހާރިކާ ރޯއީ އަދި ސަމްބާނާ މޮހަނަތީ ފެނިގެންދެއެވެ.

@muniavas Raajjeyge Resort ehgai Hindi Series ehge Shooting #fypシ #muniavas #contentcreators #fyp #foryoupage #maldives #muniavasnews #hindiseries #zee #radhamohan #sunshiyam #sunshiyamolhuveli #zee5shows ♬ original sound – MUNIAVAS

“ޕިޔާރް ކާ އޭކް ނާމް ރާދާ-މޯހަން” ޑްރާމާ ސިލްސިލާގެ ތަރިން ޑްރާމާގެ މަންޒަރު ޝޫޓްކުރުމަށްފަހު ނަގާފައިވާ ފޮޓޯތައް ވަނީ ޑްރާމާ ސިލްސިލާގެ އޮފިޝަލް އިންސްޓަގްރާމް ޕޭޖަށް ދޫކޮށްލާފައެވެ. އަދި މި ތަރިން ނަގާފައިވާ ވީޑިއޯތަކެއްވެސް ޒީޓީވީގެ އިންސްޓަގްރާމަށް ދޫކޮށްފައި ވެއެވެ.

މީގެ އިތުރުން މި ތަރިން ރާއްޖޭގައި ނަގާފައިވާ ގިނަ ފޮޓޯތަކާއި ވީޑިއޯތައް އެމީހުންގެ މީސްމީޑިއާ މަންސަތަކުގައިވެސް ހިއްސާކޮށްފައިވެއެވެ.

 

View this post on Instagram

 

A post shared by Zee TV (@zeetv)

މި ޑްރާމާ ސިލްސިލާގައި ރާއްޖޭގެ މުހިންމު މަންޒަރުތައް ކުރިއަށް އޮތް ދެތިން އެޕިސޯޑެއްގައި ދައްކާނެ ކަމަށް މަޢުލޫމާތުލިބެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.