‘ކަޒްމިކް އިންޓަނޭޝަނަލް’ގެ ފުރަތަމަ ފީޗާ ފިލްމު “ފްރީ ޑެލިވަރީ”ގެ ޓިކެޓް އޮންލައިންކޮށް ވިއްކަން ފަށައިފިއެވެ.

04 ނޮވެމްބަރު 2023ވަނަ ދުވަހުގެ ރެޑްކާޕެޓް އިވެންޓަކާއެކު ރިލީޒްކުރާ މި ފިލްމަކީ ކޮމެޑީ ފިލްމެކެވެ.

އޮންލައިންކޮށް ޓިކެޓް ގަތުމަށް 7242555 ނަންބަރަށް ވައިބަރުން މެސެޖެއް ފޮނުވުމުން ޓިކެޓް ގަތުމުގެ ކަންކަން ހަމަޖެހޭނެ އެވެ.

“ފްރީ ޑެލިވަރީ”ގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ބުނީ މި ނަންބަރަށް މެސެޖް ކޮށްގެން ނަންނޯޓުކުރުން ކުރިއަށް ނުގެންދާ ކަމަށާ ހަމަ އެކަނި އޮންލައިންކޮށް ޓިކެޓް ވިއްކަނީ ކަމަށެވެ. އިއްލެ އިތުރަށް ބުނީ އަންނަ މަހު އެއްވަނަ ދުވަހުން ފެށިގެން ބުކިން ހަދަން ފަށާނެ ކަމަށެވެ.

ކޮމެޑީ ފިލްމު “ފްރީ ޑެލިވަރީ” އަކީ ބިޔަ ކާސްޓެއް ހިމެނޭ ފިލްމެކެވެ. އެގޮތުން ތާތި އާދަމް، އައިޝާ ޢަލީ، ރައުފަތު ޞާދިޤް، އަޙްމަދު ޝާރިފް، ވާޝިޔާ މުޙައްމަދު، ހާޒިފް މުޙައްމަދު، ފަޒިލް ފަޔާޒް، އިމާދް ޢަލީ، ފާޠިމަތު ލަޠީފާ، މަރިޔަމް ވަހީދާ (ޔަމް)، މުޙައްމަދު ސާމިހް، ޢަބްދުﷲ ސަމޫހް، މުޙައްމަދު މައިޝަމް، ޢަލީ އިނާޒް، އިބްރާހީމް ފައިރޫޒް، ސާމީ ޙުސައިން ދީދީ އަދި އަޙްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) ހިމެނެއެވެ.

އިލްޔާސް ވަހީދު (އިއްލެ) ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމު އެޑިޓްކުރީ މުޙައްމަދު ޢަބްދުލް ޣަނީ (ޑޫ މޯރ) އެވެ. މިއުޒިކް ހަދާފައިވަނީ އިއްލެގެ “ނީނާ”ގެ ވެސް ހިތްގައިމު މިއުޒިކް ހެދި ޝަހީދު ލިގެސީ އެވެ.

“ފްރީ ޑެލިވަރީ”ގެ ޕްރޮޑިއުސަރުންނަކީ އާސިމް އަލީ، އާމިރާ އަލީ އިއްލެ އެވެ.

ފިލްމު “ފްރީ ޑެލިވަރީ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އެވެ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.