ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކުއްލިއަކަށް ކުޑަކުޑަ ރަށެއް އުފެދިއްޖެ

ޖަޕާނުގެ އައްސޭރިފަށުގެ ކަނޑުއަޑީގައި ގޮވުންތަކެއް ގޮވުމަށްފަހު އައު ރަށެއް އުފެދިއްޖެއެވެ. ކަނޑުއަޑީން އަލިފާން ފަރުބަދައެއް ގޮވައި އާ ރަށެއް އުފެދިފައިވާ ފޮޓޯތަކެއް ޖަޕާނުން އާއްމުކޮށްފައިވެއެވެ.

މި ގޮވުންތައް ގޮވަން ފެށީ މިދިޔަ ހޫނުމޫސުމުގައި ‘އިއޯތޯ’ ނުވަތަ ކުރިން ކިޔާގޮތަށް ނަމަ “އޯ ކޮރެކްޝޯން” ރަށުގެ ކައިރިންނެވެ. އެ އަލިފާން ފަރުބަދަ އެންމެފަހުން ގޮވާފައިވަނީ 1986 އަހަރުގައެވެ.

‘އިއޯތޯ’ގެ މި ސަރަހައްދަކީ ދެވަނަ ބޮޑުހަނގުރާމައިގެ ބޮޑުބައެއް ކުރިއަށްދިޔަ ސަރަޙައްދެއްގެ އިތުރުން އަލިފާން ފަރުބަދަ ހިމެނޭ ސަރަހައްދެއްކަން ފާހަގަކޮށްލެވެއެވެ.

އަލިފާން ފަރުބަދަ ގޮވައިގެން މިގޮތަށް މީގެ ކުރިން އުފެދުނު ރަށްތައް ދުވަސްކޮޅެއްގެ ތެރޭގައި ގިރާލައި ކަނޑުއަޑިއަށް ޣަރަޤުވާ ކަމަށް ދިރާސާވެރިން ބުނެއެވެ.

‘އިއޯތޯ’ ސަރަހައްދުގައި އަލިފާން ފަރުބަދަ ގޮވުން މިހާރުވެސް ކުރިއަށްދާ ކަމަށާ، ދުމާއި އަޅިން ރައްކާތެރިވެ ތިބުމަށް ރަސްމީ އިދާރާތަކުން އާއްމުންނަށް އިންޒާރުދެމުން އަންނަކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top