ކަޒްމިކް އިންޓަނޭޝަނަލްގެ ފުރަތަމަ ފީޗާ ފިލްމު “ފްރީ ޑެލިވަރީ” އަކީ ނުބަލާ ދޫކޮށްލާ ވަރުގެ ފިލްމެއް ނޫނެވެ.

އިލްޔާސް ވަހީދު (އިއްލެ)،ގެ ފުރަތަމަ ފިލްމް “ބަވަތި” ބަލާފައި ވާ ފަރާތްތަކަށް، ފިލްމުން މުޖުތަމައަށް ދޭން ބޭނުންވާ މެސެޖް ކިތަންމެހާވެސް ރަނގަޅަށް، ސީރިއަސް ގޮތެއްގައި ވަނީ ގެނެސްދީފައެވެ. ދިވެހި ފިލްމް “ބަވަތި” އާއި ޚިލާފަށް ދިވެހި ފިލްމު “ފްރީ ޑެލިވަރީ” އަކީ ވަރަށް މަޖާ، ތަފާތު ގޮތަކަށް ގެނެސް ދީފައިވާ، ނަމަވެސް ފިލްމު ބަލާ ފަރާތްތަކަށް މަޖަލާ ސަކަރާތުން ރަނގަޅު މެސެޖެއް ފޯރު ކޮށްދީފަައިވާ ފިލްމެކެވެ.

އެކުވެރި ރަހްމަތްތެރިންނާ އެކު ގޮސް ބަލާލަން މި ފިލްމް ވަރެއްނެތެވެ. ދުވާލުގެ ބިޒީ ޝެޑިއުލްގައި އުޅެފައި، ސްޓްރެސް ފިލުވާލަން، ނަފްސާނީ ދުޅަހެޔޮކަމަކަށް މި ފިލްމް ބަލާލުމަކީ ވަރަށް މުހިންމުކަމެކެވެ.

މީހަކު ރޮއްވާލަން، ނޫންނަމަ ރުޅިއަރުވާލުން މީ ފަސޭހަ ކަމަކަށް ވެދާނެއެވެ. ނަމަވެސް 2 ގަޑި އިރު ވަންދެން ހެއްވާލުމަކީ ހަމަ ޔަގީނަށްވެސް، ފަސޭހަ ކަމަކަށް ނުވާނެއެވެ. ފިލްމު ފެށިގެން ނިމެންދެން ހީނހީނ ހަލާކު ވާވަރަށް ފިލްމުގެ އެކްޓަރުންގެ އެކްޓިންގް ފެނިގެންދާ، މި ފިލްމުން، ބުލީ ކުރުމާއި، މުޖުތަމައުގައި ހުންނަކަންކަމަށް އުފާލާމަޖަލުން ކުރިމަތިލާނެ ގޮތްތަަށް ގެނެސްދީފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ފިލްމު ހުރިހާ ގޮތަކުންވެސް ވަރަށް ފުރިހަމައެވެ. ފިލްމުގައި ހިމެނޭ ލަވައަށް ބަލާ އިރު، ލަވައަކީވެސް ތަފާތު ލަވައެކެވެ. ލަވަ އިންސާފު ކުރާނީ ތިބޭފުޅުންނެވެ. ހީހީ ބަނޑަށް ތަދުވިޔަސް ދެވަނަ ފަހަރަށް ވެސް ބަލާލަން ދާން މި ފިލްމަކީ ހަމަ ބެސްޓް ފިލްމެވެ.

މިމަހު 29 ވަނަ ދުވަހުގެ ރެއާއި ހަމައަށް “ފްރީ ޑެލިވަރީ” އޮލިމްޕަހުގައި ދައްކާނެއެވެ. މީގެ އިތުރުން އައިފިލްމްސްގެ ދެވަނަ ފީޗާ ފިލްމު “ނީނާ”ގެ ޚާއްޞަ ދެ ޝޯ މިހަފުތާ ބަންދުގައި އޮންނާނެއެވެ.

“ފްރީ ޑެލިވަރީ”ގެ ލީޑް ތާތިއާއެކު – ފޮޓޯ : އަޙްމަދު ރަޝީދު (އަންނާރޭ) / މުނިއަވަސް

ފިލްމު “ފްރީ ޑެލިވަރީ” އަދި “ނީނާ”ގެ ހަފުތާ ބަންދު ޝޯއަށް ޓިކެޓް ހޯދުމަށް ވައިބަރުކޮށްލަން ޖެހޭ ނަންބަރަކީ 7242555 އެވެ.

ކަޒްމިކް އަދި އައިފިލްމްސްގެ ފިލްމުތައް ދައްކާ ގަޑިތައް މިވަނީ މީގެ ކުރިން އޮލިމްޕަހުގައި އާއްމުކޮށް ފިލްމުދައްކައި އުޅުނު ގަޑިތަކާ ތަފާތުކޮށްލާފައެވެ.

ރޭގަނޑު އިރާކޮޅުގެ ޝޯ ފެށޭނީ 08:30ގައެވެ. ދަންވަރު ޝޯ ފެށެނީ 11:45ގައެވެ.

🎦 ފިލްމު “ނީނާ” އަދި “ފްރީ ޑެލިވަރީ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން

@muniavas Eynaa Bunee Keekay #freedelivery #dhivehifilm #muniavasnews #fvp> #foryoupage #foryou #fvpviral #onlinemediapartner @Kazmik @Rifuza Rippoo @I Films mv @Ahmed Annaarey Rasheed @Ahmed Rasheed @Ruthba Ahmed @Ahmed Ifnaz Firag @Thaathi Adam @Raufath Sadiq ♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

ޢާއިޝަތު ރިފުޒާ
ޢާއިޝަތު ރިފުޒާ
މުނިއަވަސް ކްލަބްހައުސް ޕްރޮގްރާމް މެނޭޖަރ ޢާއިޝަތު ރިފުޒާ (ރިފޫ) އަކީ ދިވެހި ގައުމީ ޓީވީ ސްޓޭޝަނާއި އެހެނިހެން ދިވެހި ޗެނަލްތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ހުނަރުވެރި ޕްޒެންޓަރެކެވެ.