🎶 ލިބި އަނިޔާއޭ، ކުރި ޝިކްވާއޭ

އަބަދު ހަނދާންވާތީ ކަލާ…🎶

މިއީ އަބަދުވެސް އަހަމުން އަންނަ ހިތްގައިމު ލަވައެކެވެ. ލަވަ ކިޔުއްވާފައިވާ ވަނީ ކޮން ފަންނުވެރިއެއް ކަމާއިމެދު އޭރު ވިސްނައިލެވިފައެއް ނުވެއެވެ. ނަމަވެސް މި ލަވައިގެ ޅެންވެރިކަން، ރާގު، މިއުޒިކް އަދި ލަވަ ކިޔުންވެސް ވަރަށް ކަމުދެއެވެ. މި ލަވައާ ދިމާއަށް ދަމާ ބާރެއް ހުންނަ ކަހަލައެވެ.

މުނިއަވަސް ޓިކްޓޮކަށް މި ލަވައިގެ ލިރިކްސް ލުމަށް ވިސްނައި މި ލަވައިގެ ވަނަވަރުން މިންވަރެއް ލިބޭތޯ ކުރި މަސައްކަތުން އެނގުނީ މިއީ ރާއްޖޭގެ ލިޖެންޑެއްގެ އަޑުން ގެނެސްދީފައިވާ ލަވައެކެވެ. އެތަކެއް ދާއިރާއަކުން އަރައި ހުންނެވި ބޭފުޅެއްގެ ލަވައެކެވެ. ފަންނުތަކުގެ ފަސްމީރު ކުރިރުކެއްގެ ހިތްގައިމު ލަވައެކެވެ.

އާއްމުކޮށް ނޭނގި އޮތް މަޢުލޫމާތަކަށްވެސް ވެދާނެއެވެ. ޗިޅިބެއަކީ ލަވަކިޔުންތެރިއެކޭވެސް ބުނެވެން އެބަ އޮތެވެ. މިކަން އަޅުގަނޑަށް އެނގުނީ މި ލަވައިގެ ވީޑިއޯ ޓިކްޓޮކަށް އަޕްލޯޑްކުރިތާ އިރުކޯލެއްގެ ތެރޭގައި ފިލްމީ ތަރި އަޙްމަދު ނިމާލް ދެއްވި މަޢުލޫމާތުންނެވެ. ނިމާލްގެ ފަރާތުން އެނގުނު ގޮތުން މިއީ ޗިޅިޔާބެ ކިޔުއްވައި ރެކޯޑްކޮށްފައިވާ ހަމަ އެކަނި ލަވަކަަމަށް ބުނުމުންނެވެ.

ޗިޅިޔާބެގެ “ލިބި އަނިޔާއޭ، ކުރި ޝިކްވާއޭ އަބަދު ހަނދާންވާތީ ކަލާ…” އަކީ ވަރަށް ޚާއްޞަ ލަވައެކެވެ. ލަވައިގެ ޅެން ހެއްދެވީ ޚުދު ޗިޅިޔާބެއެވެ. މި ހިތްގައިމު ރާގު ހެއްދެވީވެސް ޗިޅިޔާބެއެވެ. ކިޔުއްވީވެސް ޗިޅިޔާބެއެވެ.

@muniavas Libi Aniyaa Ey – By: Late Chilhiyaa MoosaManik #chilhiyamoosamanik #oldisgold #muniavascom #foryoupage #foryou #fypシ゚viral #muniavasnews #dhivehitiktok #viralvideo #maldiveslegend #dhivehisong ♬ original sound – MUNIAVAS

ޗިޅިޔާ މޫސާ މަނިކު ނުވަތަ އޭނާގެ ޢާންމު ނަމުން ދަންނަވާނަމަ، ޗިޅިޔާއަކީ، ރާއްޖޭގެ ތަމްސީލު ކުޅުމުގެ ދާއިރާގައާއި، ދިވެހި ފިލްމީ ދާއިރާގައި ފިޔަޖެހި އެންމެ އަލިގަދަ އެއް ތަރިއެވެ. ނިޔާވުމާއި ހަމައަށްވެސް ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި ޙަރަކާތްތެރިވަމުންދާ ފަންނާނުންގެ އެދުރެއްގެ ގޮތުން، އެންމެ ކުރީ ސަފުގައި ހުންނެވި ބޭފުޅެކެވެ. ޗިޅިޔާ މޫސާ މަނިކަކީ، ވަރަށް ފަންނުވެރި އަދި މަޝްހޫރު ކުރެހުންތެރިއެއްވެސް މެއެވެ.

ދިވެހި ފިލްމީ ދާއިރާއިން އެންމެ ފުރަތަމަ ޗިޅިޔާ މޫސާ މަނިކު ފެނިގެންދިޔައީ، 1982 ވަނަ އަަހަރު ޓެލެވިޜަން މޯލްޑިވްސުން ތައްޔާރު ކުރެއްވި “މުޙައްމަދު ތަކުރުފާނު” އާދެ! “ޣާޒީ ބަންޑާރައިން” މި ފިލްމުންނެވެ.

ޗިޅިޔާ މޫސާ މަނިކު ނިޔާވީ 24 އޯގަސްޓް 2021 ގައެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.