ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާން ޑްރާމާ “ތޭރޭ ބިން” ގެ ދެވަނަ ސީޒަން ގެންނަނީ

މަޝްހޫރު ޕާކިސްތާން ޑްރާމާ ސީރީޒް “ތޭރޭ ބިން”ގެ ދެވަނަ ސީޒަން، ޔުމްނާ ޒައިދީ އަދި ވަހާޖް އަލީއާއެކު ގެންނަން ތައްޔާރުވެއްޖެ އެވެ.

މި ޑްރާމާގެ ޝޫޓިން މިހާރު ކުރިއަށް އެބަދެއެވެ. އަބްދުﷲ ކަދްވާނީ އަދި އަސަދް ޤުރޭޝީގެ ‘ސެވަންތު ސްކައި އެންޓަޓެއިންމެންޓް’ އިން މި ޑްރާމާގެ ދެވަނަ ސީޒަން ގެ ޝޫޓިންގ ފަށާފައިވާ ކަމަށް 29 ޑިސެމްބަރ ގައި އިއުލާން ކޮށްފައިވެެެއެވެ.

އެންމެންގެ ހިތްތައް ދަމައިގެންފައިވާ ޔުމްނާ އަދި ވަހާޖް ފޭނުންގެ ނަމުންނަމަ “ޔުމްހަޖް” ފުރަތަ ސީޒަންގައި ދެއްކި ޖާދޫ، ދެވަނަ ސީޒަންގައި ދެއްކުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މިކަން އިއުލާނުކޮށްފައި ވަނީ އިންސްޓަގްރާމް ޕޯސްޓަކުންނެވެ.

އެ ޕޯސްޓްގައި ވަނީ ފުރަތަމަ ސީޒަނަށް ބެލުންތެރިން ދިން ފުރިހަމަ ތަރުހީބަށް ޝުކުރު އަދާކޮށްފައެވެ. އޭގައި ބުނެފައި ވަނީ “އަލްޙަމްދުލިﷲ، އެންމެންގެ އިންތިޒާރަށް ނިމުމެއް. އެންމެނަށް ކަމުދާ ޔުމްނާ އަދި ވަހާޖްގެ އޮން-ސްކްރީން ކެމިސްޓްރީއާއެކު “ތޭރޭ ބިން” ގެ ސީޒަން 2 އެނބުރި އަންނަނީ.” މިހެންނެވެ.

ސެވަންތު ސްކައިގެ “ތޭރޭ ބިން”ގެ ފުރަތަމަ ސީޒަން ވަނީ މަޤުބޫލު ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ޔޫޓިއުބް ރެކޯޑް މުގުރާލައި އެންމެ ގިނަބައެއްގެ ޝައުގުވެރިކަން މި ސީރީޒުން އަތުލައިގެންފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top