ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ އައިފިލްމްސް ޕްރޮޑަކްޝަނުން އުފައްދާފައިވާ ތިންވަނަ ފީޗާ ފިލްމު “ކަންބަޅި” މިރޭ އޮލިމްޕަސް ސިނަމާގައި ޕްރިމިއާކުރާނެ އެވެ.

“ކަންބަޅި” ފިލްމުގެ ލީޑު ކާސްޓުގެ ގޮތުގައި ހިމެނެނީ އިއްލެގެ ހުރިހާ ފީޗާ ފިލްމުތަކުން ވެސް ލީޑުން ފެނިފައިވާ ނުޒުހަތު ޝުއައިބު (ނުޒޫ)އެވެ. ފިލްމުގެ އިތުރު ރޯލުތަކުން ފެންނާނީ އަހުމަދު އިފްނާޒު، ޝަރަފް އަބްދުﷲ، ވާޝިޔާ މުހައްމަދު، ރަވީ ފާރޫޤް، މުހައްމަދު އިޝްފާން، ހާޒިފް މުހައްމަދު އަދި މޫސާ އަލީފެވެ. މީގެ އިތުރުން ވަރަށް މުހިންމު ރޯލަކުން ތުއްތު އާޓިސްޓް ސާރާ ވެސް ފެނިގެންދާނެ އެވެ.

ފިލްމު “ކަންބަޅި” ލިޔެ ޑައިރެކްޓްކުރީ އިއްލެއެވެ. ފިލްމުގެ ޑައިރެކްޝަންގައި އިއްލެގެ އިތުރުން އިފްނާޒް ހަރަކާތްތެރިވިއެވެ. ފިލްމުގެ މިއުޒިކްގެ ހެދީ ޝާހިދު ލިގެސީއެވެ. ކެމެރާކުރީ ސާމިހް އެވެ. ފިލްމްގެ ޕްރޮޑަކްޝަންގައި އިއްލެއާއި އާޝިމް އަލީ ހިމެނެއެވެ. މި ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްކުރީ “އޯކޭޒް އިންކް” އިންނެވެ.

ފިލްމުގެ ޓިކެޓް އޮންލައިންކޮށް ބުކްކޮށްލެވެން ހުރިއިރު، އޮލިމްޕަސް ކައުންޓަރުން ޓިކެޓް ގަނެވެން ހުންނާނެއެވެ. ނަމަވެސް އައިފިލްމްސް އިން އިއްޔެ ބުނެފައިވަނީ 01 ފެބްރުއަރީ 2024 ބުރާސްފަތި ދުވަހު ކައުންޓަރު ބަންދުވާނެ ކަމަށާ އެހެން ހުރިހައި ދުވަހެއްގައިވެސް ކައުންޓަރު ހުޅުވާ ވަގުތުތަކުގައި ހުޅުވާނެ ކަމަށެވެ.

އައިފިލްމްސް އިން މިހައިތަނަށް އުފެއްދި ހުރިހައި އުފެއްދުމަކުން ދިވެހި ފިލްމީ ދުނިޔެއަށް އައު ކަންތައްތަކެއް ތަޢާރަފުކޮށް، ރަނގަޅު އުފެއްދުންތަކެއް ބެލުންތެރިންނަށް ފޯރުކޮށްދީފައިވެއެވެ. ހަމަ އެހެންމެ، އައިފިލްމްސް ސްޓޫޑިއޯ އާއި ގާތް ގުޅުމެއް އޮންނަ ކަޒްމިކް އިންޓަނޭޝަނަލްއަށް އިއްލެ ޑައިރެކްޓްކޮށްދިން އުފެއްދުންތަކުންވެސް ތަފާތު ދައްކައި ބެލުންތެރިން ހިތްހަމަޖެހޭ ފަދަ މަސައްކަތްތަކެއް ކޮށްދީފައިވެއެވެ.

“ކަންބަޅި” ފިލްމުގެ ޓިކެޓް އޮންލައިންކޮށް ގަތުމަށް 7242555 ނަންބަރަށް ވައިބައި/ވަޓްސްއެޕް/ޓެލެގްރާމް މެދުވެރިކޮށް މެސެޖެއް ކޮށްގެން ކުރިއަށް ދެވޭނެއެވެ.

🎦 ފިލްމު “ކަންބަޅި“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން​

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.