މިވަގުތު ރާއްޖޭގައި ތިބި އެންމެ ހުނަރުވެރި ފިރިހެން ވޯކަލިސްޓުންގެ ތެރޭގައި ހިމެނޭ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމް މިއަދު ލ. ފޮނަދުއަށް އަތުވެއްޖެއެވެ. ޝަލަބީ ފޮނަދުއަށް އައީ މިއަދު ހަވީރުގެ ވަގުތެއްގައި ވައިގެމަގުންނެވެ. ޝަލަބީއަށް މަރުޙަބާ ކިޔުމަށް ލ. ފޮނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ހިންގާކޮމެޓީ މެންބަރުން ކައްދޫ އެއާޕޯޓަށް ދިޔައެވެ.

ޝަލަބީ އައީ ކީއްކުރަން؟

ޝަލަބީ އިބްރާހިމް ފޮނަދުއަށް އައީ ލ. ފޮނަދޫގައި ބާއްވާ މަދަހަ ކިޔަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށެވެ. “މަދަހަ ޓްރެއިނިން ޕްރޮގްރާމް- ޝަލަބީ އާ އެކު” މަދަހަ ޓްރެއިނިން ޕްރޮގްރާމަކީ ލ. ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ރާވައި ހިންގާނެ ޕްރޮގްރާމެކެވެ. މަޤުޞަދަކީ ކުޑަކުދިންގެ މެދުގައި މަދަހަ ކިއުމަށް ޝައުގުވެރިކަން އުފައްދައި، ރާގާއި ހަމަތަކާއި އެއްގޮތަށް މަދަހަ ކިޔަން ދަސްކޮށްދިނުމެވެ.

@muniavas Guess who has arrived Laamu? @shalabeeibrahim #fvpシ💕foryou #muniavas #foryoupage #fyp #fvpviral #muniavascreation #maldives #contentcreators #maldivestiktok🇲🇻 #wdc_fonadhoo #madhaha ♬ original sound – MUNIAVAS

ޝަލަބީގެ މުދައްރިބުކަމުގެ ދަށުން މި ޕްރޮގްރާމުން އެނގިގެންދާނީ ކޮން ކަންތައްތަކެއް؟

01 ފެބްރުއަރީ އިން 10 ފެބްރުއަރީއަށް ފޮނަދޫ ގައި ކުރިއަށްގެންދާ މަދަހަ ޓްރެއިނިންގ ޕްރޮގްރާމްގައި ރާގު ދަސްކުރާނެ ގޮތް، ޕިޗިން ރަނގަޅުކުރުން، ސްކޭލްގެ ތެރޭގައި އުޅެން ދަސްކޮށްދިނުން، ހަމަބޮޑުކޮށް ރާގުގެ ވަޒަނަށް ފަރިތަކޮށްދިނުން، ސޯލޯ މަދަހައެއް ނަގާއިރު ވިސްނަން ޖެހޭ ކަންތައްތައް އަދި ގްރޫޕް މަދަހަ ޕްރެކްޓިސްކޮށްދިނުން ވެސް ކުރިއަށް ގެންދާނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.