ޑާކް ރެއިން އެންޓަޓެއިންމެންޓްގެ އެކްޝަން، ރިވެންޖް ތުރިލާ ފިލްމު “ފުރޭތަ” އަރައި ޤައުމު ސިއްސުވާލައިފި އެވެ. މިއީ މި ދިވެހި ޤައުމުގައި މިއަދު ހިނގަމުން އަންނަ ނޭދެވޭ މުހިންމު ކަންތައްތަކެއް ގެނެސްދިން ވަރުގަދަ ދިވެހި ފިލްމެކެވެ.

ފުރޭތަ” އާއި އެކު ޑާކް ރެއިން އެންޓަޓެއިންމެންޓުން މިވަނީ ބެންޗްމާކް މަސައްކަތެއް ގެނެސްދީ ރާއްޖޭގައި މިހައިތަނަށް އުފެއްދި އެންމެ ވަރުގަދަ އެކްޝަން ފިލްމުގެ ދަރަޖަ މި ފިލްމުން ހޯދާފައެވެ.

އުމުރުން 18 އަހަރުން މައްޗަށް ކްލެސިފައިކޮށްފައިވާ މި ފިލްމުން ދައްކުވައިދެނީ ވަރަށް އާދައިގެ ސާދާ ދިރިއުޅުމެއް އުޅެމުން އަންނަ ޒުވާން ބައްޕަ (ޝަރަފް ޢަބްދުﷲ) އަދި އޭނާގެ ތުއްތު ދަރިފުޅު (ނީލް)ގެ ޙަޔާތަށް ކުރިމަތިވާ “ފުރޭތަ” ތަކެއް ނުވަތަ އެއްވެސް އިންސާނިއްޔަތުކަމެއް ނެތް ޖަނަވާރުން ތަކެއް ފަދަ ގޭންގް ގްރޫޕަކުން، އެ ހަމަ ޖެހޭ ހަޔާތް ބަރުބާރުކޮށްލާ ތަނެވެ. ޝަރަފްގެ ދުނިޔެ އެފުށްމިފުށަށް ޖެހުމުން އިންސާފު ހޯދުމަށްޓަކައި ކުރާ ދަތުރު މި ފިލްމުން ވަރަށް ފުރިހަމަކޮށް ދައްކުވައިދީފައިވެއެވެ. ރާއްޖޭގައި އިންސާފު ލިބުމުގެ ކަންތައްތައް އޮތް ގޮތް މި ފިލްމުން ކިތަންމެހާވެސް ރަނގަޅަށް ސިފަކޮށްދީފައިވެއެވެ.

@muniavas Fureytha #maldives #fvpシ💕foryou #muniavas #foryoupage #fyp #fvpviral #maldivestiktok #fvpシ💕foryou #muniavas #contentcreators ##dhivehifilm ♬ Summer party (20 seconds) – TimTaj

ފުރޭތަ” ފިލްމުން އަދުގެ ރާއްޖޭގެ މުޖުތަމަޢުގައި ހިނގަމުން އަންނަ ނޭދެވޭ އެތައް ކަމެއް ދައްކުވައިދެވެ. ކުށްކުރާ ޖަނަވާރުންތަކެއް ފަދަ “ފުރޭތަ” ތަކެއްގެ ޝިކާރައަކަށްވެ އިންސާފު ނުލިބިފައިވާ އެތަކެއް ބައެއްގެ ވާހަކަތައް މި ފިލްމުން ކިޔައިދެއެވެ. އެއްވެސް ކުށެއް ނެތް ސާދާ ދިރިއުޅުމެއް އުޅެމުން އައި ބަފަޔަކު، އިންސާފަށްޓަކައި ނުކުމެ ކުރާ ހަނގުރާމައެއް މި ފިލްމުން ފެނިގެންދެއެވެ.

މިއީ ޝަރަފު ޢަބްދުﷲ ލީޑްކުޅުނު އަލަތު ފިލްމެވެ. ފިލްމުން ޝަރަފުގެ އަސްލު ކޮލިޓީ ދައްކުވައިދީފައިވާކަން ފިލްމު ބެލި މެޖޯރިޓީ އިއްތިފާޤުވާނެ އެވެ.

ފިލްމުގެ ކޮލިޓީ އާއި މޮޅުކަމުގެ ވާހަކަތައް ދައްކައި ކޮޅުން ނުލާނެއެވެ. މިއީ މީގެ ކުރިންވެސް މުނިއަވަސް އިން ރިޕޯޓްކޮށްފައިވާނެ ފަދައިން، ރާއްޖޭގެ ފިލްމަކުން ނުފެންނަ އެތަކެއް ކަމެއް ދައްކުވައިދޭ މޮޅު ފިލްމެކެވެ.

ފުރޭތަ” އަކީ ރާއްޖޭގައި ނެރުނު އެކްޝަން، ރިވެންޖް ތުރިލާ ފިލްމުތަކުން އެންމެ ފުރިހަމަ ފިލްމުކަމަށް މުނިއަވަސް އިން ބުނަމެވެ.

04 މާރިޗް 2024ވީ ހޯމަދުވަ ޕްރިމިއާކޮށްފައިވާ “ފުރޭތަ” ކުރިއަށް މި އޮތް ދުވަސްތަކުގައި އޮލިމްޕަހުގައި ދައްކަމުންދާނެ އެވެ.

9911229 އަށް މެސެޖެއް ކޮށްލައިގެން ފިލްމަށް ޓިކެޓް ހޯދުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ އެވެ.

ފުރޭތަ” ޕްރިމިއާ އިވެންޓްގެ ވީޑިއޯ:-

@muniavas FUREYTHA Premier Event #maldives #fvpシ💕foryou #muniavas #foryoupage #fyp #fvpviral #maldivestiktok #contentcreators #dhivehifilm #dhivehifilms #dhivehitiktok #fureytha_themovie @Dark Rain Entertainment ♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.