ދިވެހި ފިލްމީ ފަންނާނުންގެ މެދުގައި އެކުވެރިކަމުގެ ރޫޙުއާލާކޮށް ފަންނާނުން އެކުގައި މަޖާ ވަގުތުތަކެއް ހޭދަކޮށްލުމަށް ކޮންމެ އަހަރަކު ރަމަޟާން މަހު ބާއްވަމުން އަންނަ މަސްދަތުރު މި އަހަރުވެސް ބާއްވައިފިއެވެ. ގިނަ އަދަދެއްގެ ފިލްމީ ފަންނާނުން ބައިވެރިވި މި ދަސްތުރު ބޭއްވީ 23 މާރިޗް 2024 ވަނަ ދުވަހު އެވެ.

މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ކުރިއަށް އޮތް ދައުރުގެ ހިންގާ ކޮމެޓީ މެންބަރުން އިސްވެ ހުރިހައި ފިލްމީ ފަންނާނުންނާ ގުޅިގެން ބޭއްވި މި މަސްދަތުރުގައި މަސްބޭނުންމުގެ އިތުރުން ޚާއްޞަ ރޯދަވީއްލުމެއްވެސް ބާއްވާފައިވެއެވެ.

ފިލްމު އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަން، ފިލްމީ ތަރި ޝީލާ ނަޖީބް މުނިއަވަސްއަށް ބުނީ މި މަސްދަތުރުގައި ބައިވެރި ހުރިހައި ފަންނާނުންނަށް ދިވެހި ފިލްމު އެސޯސިއޭޝަންގެ ހިންގާކޮމެޓީގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރުދަންނަވަން ބޭނުންވާ ކަމަށާ ކުރިއަށް އޮތް ހަރަކާތްތަކުގައި މިއަށްވުރެންވެސް ފުރިހަމަ ތަރުހީބެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

“އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަނެއްކާވެސް މެންބަރުންނަށް އިތުރު ހަރަކާތެއް ކުރިއަށް ގެންދެވޭނެ ވާހަކަވެސް ދަންނަވަން. އަދިވެސް އެއްފަހަރު ހުރިހައި މެންބަރުން ތިޔަ ދެއްވާ އެއްބާރުލުމާ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން.”

* ފިލްމު އެސޯސިއޭޝަންގެ ވައިސް ޗެއަރ ޝީލާ ނަޖީބް

ޝީލާ އިތުރަށް ބުނީ އިރާދަކުރެއްވިއްޔާ މެންބަރުންނަށް ފައިދާހުރި ފުރިހަމަ މަސައްކަތްތަކެއް މެންބަރުންނާ ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.

ރަމަޟާން މަހަށް ހަނދުބެލުމުގެ ކުރިން ފިލްމީ ފަންނާނުން ވަރުގަދަ މާހެފުމެއްވެސް އޮލިމްޕަހުގެ ބެކް ސްޓޭޖް ސަރަހައްދުގައި ބާއްވާފައިވެއެވެ.

އެމްއެފްއޭ މަސްދަތުރު 2024ގެ ބައެއް މަންޒަރުތައް ފަންނާނުންގެ ކެމެރާތަކުން

@muniavas MFA Fish Trip 2024 #fvpシ💕foryou #muniavas #foryoupage #fyp #maldivestiktok #dhivehitiktok #fvpviral #contentcreators #maldives ♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.