އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ފިޠުރު ޢީދު 1445 އާއި ގުޅިގެން “ޢީދޭ އައީ” މަދަހަ އަލްބަމް ނެރެފިއެވެ.

މި މިދަހަ އަލްބަމް ނެރުއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

މަދަހަ އަލްބަމް ނެރުއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ފިޠުރު ޢީދުގެ އުފާ ފާހަގަކުރަމުންދާއިރު، މަދަހަ އަލްބަމެއް މި ވުޒާރާއިން ނެރުމުގެ މަޤްސަދަކީ މި މުނާސަބު ދުވަހުގައި ބޭނުންކުރުމަށް ކަމަށެވެ. އަދި ވީހާވެސްް ގިނަ ބޭފުޅުން މި މަދަހަތައް އަޑުއައްސަވައި ބޭނުން ކުރުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވައިފައެވެ. މި މަދަހަ އަލްބަމްގައި ކުރީގެ މަދަހަތަކާއި ފަހުގެ މަދަހަތައް ހިމެނޭނެއެވެ. އަދި މި އަލްބަމްގެ މަދަހަތައް ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.

މިއަދު ޢީދު ނަމާދަށް ފަހު ނެރުނު މަދަހަ އަލްބަމްގައި ހިމެނޭ ބައެއް މަދަހަތަކަކީ“ޢީދޭ އައީ”، “ޢީދުއައީ ހިނިތުންވަމުން”، “ޢީދު މުބާރަކް”، “ބަރަކާތްތެރި ޢީދުގެ ސަލާމް” އަދި “ތަހުނިޔާ ދޭށޭ ކިޔާ” ފަދަ މަދަހަތައް ހިމާނާފައިވެއެވެ.

ޢީދު މަދަހަ އަލްބަމް: “ޢީދޭ އައީ”
✅ ޑައުންލޯޑް ކުރައްވާ
https://shorturl.at/bkluN

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.