ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝައި ޕްރޮޑަކްޝަންގެ “ސާޔާ” އޮގަސްޓު މަހު

ފިލްމު “ބައިވެރިޔާ”، “ނޯޓީ ފޯރޓީ”، “ފޯރޓީ ޕްލަސް”‘ “ހެހެސް”، “ޖޯކަރު” ފަދަ ފިލްމުތަކެއް ގެނެސްދީފައިވާ ކާމިޔާބު ޕްރޮޑަކްޝަން ހައުސް ‘ޝައި ޕްރޮޑަކްޝަން’ އިން ބިރުވެރި ފިލްމެއް ތައްޔާރުކޮށް އެ ފިލްމުގެ ޓީޒާއާއެކު ފިލްމު ރިލިޒްކުރާނެ ތާރީޚް އިއުލާނުކޮށްފިއެވެ.

ޕްރޮޑިއުސަރ އިސްމާޢީލް ޝަފީޤުގެ ‘ޝައި ޕްރޮޑަކްޝަން’ އިން މިފަހަރު ގެނެސްދެނީ “ސާޔާ” އެވެ. ފިލްމު ރިލީޒްކުރަން ނިންމާފައިވާ ތާރީޚަކީ 07 އޯގަސްޓް2024 އެވެ.

ކުޅަދާނަ އެކްޓަރ، ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެޑައިރެކްޓްކޮށް ޕޯސްޓްޕްރޮޑަކްޝަން ހަދާފައިވާ މިފިލްމުގައި ޔޫއްޕެ ވެސް ހާއްސަ ރޯލަކުން ފެނިގެންދާނެ އެވެ.  މީގެ އިތުރުން ކުޅަދާނަ އެކްޓްރެސް އައިމިނަތު ރަޝްފާ (އާޝާ) އާއި އިބްރާހިމް ޖިހާދު (ޖިމީ) އާއި މުހައްމަދު މަނިކާއި އަހްމަދު ނިމާލްގެ ކުޅަދާނަ އެކްޓިންގ ވެސް މި ފިލްމުން ފެންނާނެ ކަަމަށް އެ ޕްރޮޑަކްޝަނުން މައުލޫމާތު ދެއެވެ.

ފިލްމުގެ މަންޒަރުތައް ކެމެރާކުރީ މަޝްހޫރު ކެމެރާމަން މާސްކޭ އެވެ. ބެކްމިއުޒިކު ހަދާފައިވަނީ އައްޔުމަން ޝަރީފެވެ.

@muniavas Feature Film SAAYA ސާޔާ by @Shy Production mv @eupeonline Releasing on 07th August 2024 #dhivehifilm #Saaya #foryoupage #fvpviral #fvp #contentcreators #fvpシ💕foryou #maldivestiktok #dhivehisong #muniavasnews #fvpシ💕for #muniavas #fyp ♬ Jekasoro – Anni3

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
SAAYA – Dhivehi Movies | MaldivesCinema2 އަހަރު ކުރިން

[…] Muniavas DheliNoos […]

Home
Menu
Search
Back to top