ހުޅުހުޅުގައި ރިއްސާ ހެއްޔެވެ؟ ފަސޭހަ ފަރުވާއެއް ބޭނުން ހެއްޔެވެ؟ އާދަކޮށް އާފަލު ތޮށި ކާން ފަށާށެވެ.
މުހާވިރާއެއްގައި ބުނެފައިވާ ގޮތަށް ”ދުވާލަކު އާފަލެއް ކެއުމުން، ޑޮކްޓަރުން ދުރުގައި ބޭތިއްބޭނެ އެވެ.“ އާފަލަކީ ސިއްހަތަށް އެހާ ފައިދާހުރިއެއްޗެއްކަން އެންމެންވެސް ދަންނަމު އެވެ. މިހާރު މިވަނީ އާފަލާއި ގުޅުންހުރި އާ ހޯދުމެއް އާއްމުކޮށްފަ އެވެ.
މި އާ ހޯދުން ބުނާގޮތުން އާފަލުގެ ތޮށި ކެއުން އާދަކުރުމުން.ހުޅުހުޅުގައި ރިއްސުމަށް ލުޔެއް ލިބިގެންދާނެ އެވެ. މި ވީޑިއޯ އިން ފެނިގެންދާނީ ކްރޮނިކް ޖޮއިންޓް ޕެއިން އަށް އާފަލު ތޮށި ބޭނުންކޮށްގެން ހަދާ ޓެސްޓެކެވެ.
އާފަލަކީ ކައިލަން މީރު އެއްޗެއްއެއްޗެއްގެ އިތުރުން ސިއްހީ ފައިދާތަކުން ވެސް ފުރިފައިވާ އެއްޗެކެވެ.
އިންޑިއާގެ ބެންގަލޫރުގެ ’ފޯރޓިސް ހޮސްޕިޓަލް’ގެ އިސް ޑައިޓީޝަން ކުމާރީ ވިދާޅުވާ ގޮތުގައި އާފަލަކީ ކުއެރްސެޓިން މާއްދާއިން މުއްސަނދިވެފައިވާ ފްލެވަނޮއިޑެއް ހިމެނޭ މޭވާއެކެވެ. މި ފްލެވަނޮއިޑަކީ އެންޓި-އިންފްލެމެޓަރީ މާއްދާއެކެވެ. ކުއެރްސެޓިން އަކީ ހަށިގަނޑުގައި އުފެދޭ ދުޅަކަން ކުޑަކުރުމަށް އެހީތެރިވެދޭ އެއްޗަކަށް ވާއިރު، މިއީ ހުޅުހުޅު ދުޅަވެ ރިއްސުމުގެ ބަލި (އާތުރައިޓިސް)ގެ އަލާމާތްތައް ކުޑަކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ކެއުމުގައި އާފަލު ހިމަނުމުން އިންފްލެމޭޝަން ކުޑަކޮށްދީ، އާތުރައިޓިސްގެ އަލާމާތްތައް ލުއިކޮށްދިނުމަށް އެހީތެރިވެދެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




