‘ތިޔައީ އަނގައިން ނޭވާލާ މީހެކޭ’ އަހަރެމެންނާއި ދިމާއަށް މީހަކު ބުނާކަށް ހަމަ އެކަކުވެސް ނޭދޭނެ އެވެ. ނަމަވެސް ބަދުބަހެއްގެ ގޮތުގައި ބުނާ މިކަންތައް ބޭނުންތެރި އެއް ވަގުތެއް އޮވެއެވެ. އެއީ މޫދުގައި މާސްކު އަޅައިގެން ފީނާ ވަގުތެވެ. ނަމަވެސް އަހަރެމެންނަކީ ނޭފަތުން ނޭވާލުމަށް އާދަވެފައިވާ ބަޔަކަށް ވީހިނދު، މާސްކް އަޅައިގެން ފީނާއިރު އަނގައިން ނޭވާލާން ޖެހުމަކީ އުނދަގޫ ކަމަކަށް ވެދާނެ އެވެ.
މި ސަބަބަށްޓަކައި ‘ޓްރައިބޯރޑް އީޒީބްރެތު ސްނޯކްލް މާސްކް’ (ފަސޭހައިން ނޭވާލެވޭ ޓްރައިބޯރޑް ފީނާ މޫނުމަތި) މިވަނީ އުފައްދާ ބާޒާރަށް ނެރެފައެވެ. މި އުފެއްދުމަކީ ފީނާއިރު އަނގަޔާ ނޭފަތް ހުޅުވައިގެން، އާއްމުކޮށް ނޭވާލާ އުސޫލުން ނޭވާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މޫނުމައްޗެކެވެ.
އަދި އެވަރަކުން ނިމުނީއެއް ނޫނެވެ. އީޒީބްރެތު މޫނުމަތި އަޅައިގެން ފީނާއިރު 180 ދަރަޖަ (ޑިގްރީ) އަށް ފެނެ އެވެ. މިއީ އާދައިގެ ފީނާ މޫނުމަތިން ނުވާ ކަމެކެވެ. މީގެއިތުން މި މޫނުމަތީގައި ޚާއްޞަ ވޭލެއް ހުރެއެވެ. އެ ވޭލަކީ އެއްކޮށް ފީނާލުމުން ބަންދުވާގޮތަށް ހުންނަ ވޭލެކެވެ. މާނައަކީ މޫނުމަތި އަޅައިގެން މޫދު އަޑިއަށް ދިޔަޔަސް އާދައިގެ މޫނުމަތީގެ ހޮޅީތެރެއަށް ލޮނު ވަންނަގޮތަށް މި މޫނުމަތީގައި ލޮނެއް ނުވަންނާނެ އެވެ. މީގައި ހުންނަނީ ދެގުނައަށް ވައި ދައުރުވާ ނިޒާމެއް (ޑަބަލް އެއަރ ފްލޯ ސިސްޓަމެއް) ޤާއިމުކޮށްފަ އެވެ. އެހެންކަމުން ބޭރަށް ނޭވާލިޔަސް، މޫނުމަތީގެ ބިއްލޫރިގަނޑަށް ފުސްބުރާގޮތެއް ނުވާނެ އެވެ. މިއީ ހަމަ ގައިމުވެސް ކަނޑުއަޑީގެ ހިތްގައިމު މުރަކައިގެ ބަގީޗާ ތަކާއި އެކިކުލަކުލައިގެ މަސްމަހާމެހި ބަލައިލަން ފީނާއިރު ވަރަށް ބޭނުންތެރި ކަމެކެވެ.
މީގެ މާސްކު އަޅައިގެން މީހަކު ފީނާ ވީޑިއޯއެއް ހިމަނާލާނަމެވެ. ވީޑިއޯ ބަލައިލުމުން މި މާސްކުގެ މޮޅުކަމާއި ތަފާތުކަން އެނގިގެންދާނެ އެވެ.
ސަޅި ފީނާ މޫނުމައްޗެއް ދޯއެވެ. މީގެ މޫނުމަތި އޮންލައިން ބާޒާރުތަކުން ގަންނަން ލިބެން އެބަހުއްޓެވެ. އޮންލައިން ބާޒާރު އީބޭ ގެ މި ލިންކުގައި ބުނާގޮތުން މީގެ މޫނުމައްޗެއް 24 އެމެރިކާ ޑޮލަރާއި 55 އެމެރިކާ ޑޮލަރާއި ދެމެދުގެ އަގެއްގައި ގަންނަން ލިބެން އެބަހުއްޓެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!