އިންޑިއާގެ މުމްބާއީގައި މިވަގުތު ކުރިއަށްދާ ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025ގެ ފައިނަލަށް ރާއްޖޭގެ ބޭންޑް ދަތުރުކޮށް ރާއްޖޭގެ މިއުޒިކް ތާރީޚުގައި އާ ބާބެއް ލިޔަން ފަށައިފި އެވެ. ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގައި ރާއްޖެ ފަޚުރުވެރިކަމާއެކު ތަމްސީލުކުރާ ބޭންޑް “ޓޫ އޮފް އަސް” އަށް ޓޮޕް 5ގެ ޖާގަ ކަށަވަރުވެ، ދެކުނު އޭޝިއާގެ އެންމެ މަޝްހޫރު އެއް މިއުޒިކް މުބާރާތުގެ ގްރޭންޑް ފިނާލޭއަށް މިވަނީ ދަތުރުކޮށްފައެވެ.
މި މޭލުގަލަކީ އަމިއްލަ ކާމިޔާބީއަކަށްވުރެ މާ ބޮޑު ކާމިޔާބީއެއް ކަމަށާ މިއީ ރާއްޖޭގެ ރައްޔިތުންނަށް، އަދި އަޅުގަނޑުމެންގެ އައްސޭރިފަށުން ހުވަފެން ދެކެން ކެރިފައިވާ ކޮންމެ ފަންނާނަކަށް ވެސް ލިބުނު ކާމިޔާބީއެއް ކަމަށް “ޓޫ އޮފް އަސް” ބޭންޑުން ދެކެއެވެ. ނިކަމެތި ޖަޒީރާ ދަތުރަކުން ފެށިގެން ދުނިޔޭގެ ކަޅިތަކާއި ހަމައަށް “ޓޫ ޮއފް އަސް”އިން ދަތުރުކޮށް މިވަނީ ރާއްޖޭގެ މިއުޒިކަކީ ދުނިޔޭގެ މައިދާނަށް ނިސްބަތްވާ އެއްޗެއްކަން ސާބިތުކޮށްދީފައެވެ.
“އަޅުގަނޑުމެން ގެންގުޅޭ އެއްޗަކީ ހަމައެކަނި އަޅުގަނޑުމެންގެ ހުނަރެއް ނޫން، އަޅުގަނޑުމެންގެ ރައްޔިތުންގެ ހިތުގެ ތެޅުން،
އަޅުގަނޑުމެން މިތަނަށް މިއައީ އަޅުގަނޑުމެންނާއެކު މި ޤައުމުގެ އަޑުއިއްވަން، އަދި އެ އަޑު މިހާރު މި ބައިނަލްއަޤްވާމީ މައިދާނުގެ ކޮންމެ ކަނެއްގައި ގުގުމަމުން ދަނީ.“
* ޓޫ އޮފް އަސް ބޭންޑްގެ ލީޑް ވޯކަލިސްޓް އަޙްމަދު އަދްހަމް
އޮރިޖިނަލް މިއުޒިކާއި، ދިވެހީންގެ އައިޑެންޓިޓީއާއި، ކްރޮސް ކަލްޗަރަލް ފިއުޝަންގެ ވަރުގަދަ ބްލެންޑާއެކު، “ޓޫ އޮފް އަސް” އިން ވަނީ ބެލުންތެރިންނާއި ޖަޖުން ވެސް ހިތްދަމައިގަންނަ ހުށައެޅުންތަކެއް ގެނެސްދީފައެވެ. އެ ބޭންޑުގެ ހުރި ޝައުގުވެރިކަމާއި، އެއްބައިވަންތަކަމާއި، ރޯ- އޮތެންސިޓީ (ސައްހަކަމު)ގެ ސަބަބުން އެމީހުން ވަނީ މުބާރާތުގައި އެންމެ ހަނދާނުން ފިލުވައިލަން ދަތި އެކްޓް ގެނެސްދީފައެވެ.
“ކޮންމެ ދިވެއްސަކަށް، ދުވަހަކުވެސް ބަޔަކަށް އަޑު ނުއިވޭ ފަށުގައި މިއުޒިކު ކުޅެފައިވާ ކޮންމެ މިއުޒީޝަނަކަށް – އަހަރެމެން މިތިބީ ތިޔަބޭފުޅުންނަށްޓަކައި،
އަހަރެމެން މިތަނަށް އައިސް މިތިބީ ދިވެހީންނަށްޓަކައި. މިއީ ނިމުމެއް ނޫން – މިއީ އަހަރެމެން އެންމެންނަށް ފެށުމެއް.“
* ޓޫ އޮފް އަސް ބޭންޑް
ފައިނަލް ހުށައެޅުމަކަށް ސްޓޭޖަށް އަރަން ތައްޔާރުވަމުންދާއިރު، “ޓޫ އޮފް އަސް” އިން ގޮވާލަނީ އެ ބޭންޑާއެކު މުޅި ޤައުމު އޮތުމަށެވެ. ދިވެހީން މިހާރުވެސް ދެމުން އަންނަ ތަރުހީބާއި އެއްބާރުލުން ދިނުމުގައި ދެމިތިބުމަށެވެ.

“ޓޫ އޮފް އަސް: އިން ސެމީ-ފައިނަލްގައި ހުށައަޅަނީ
މިރޭ ކުރިއަށް ދިޔަ ޝޯ، ޑީޑީ ނޭޝަނަލްއިން ވަގުތުން ދައްކާފައި ނުވާތީ ވީޑިއޯ ލިބޭގޮތް ވަނީ ނުވެފައެވެ.
ގްރޭންޑް ފިނާލޭ ޑީޑީ ނޭޝަނަލް އެޗްޑީއިން ދައްކާ މި ޝޯ “ހިލޭ ޓީވީ”ގެ ލައިވް އިވެންޓްސް 01 ޗެނަލުން ވަގުތުން ބަލައިލެވޭނެއެވެ.
“ހިލޭ ޓީވީ” ސެޓަޕް ހަދާނެގޮތް މި ލިންކުން ވަރަށް ތަފުސީލުކޮށް ލިބެން ހުންނާނެއެވެ.
ހަމަ އެހެންމެ، ‘ވޭވްސް އެޕް’ މެދުވެރިކޮށް މި ޝޯ ބަލައިލެވޭނެއެވެ. މި ލިންކަށް https://www.wavespb.com/links/SH10574jfg ފިތާލައިގެންވެސް ޝޯ ބަލައިލެވޭނެއެވެ.
“ޓޫ އޮފް އަސް” ބޭންޑްގެ ކޮންމެ ހުށައެޅުމެއް ނިމޭތާ މަދު މިނެޓްކޮޅެއްގެ ތެރޭގައި މުނިއަވަސް ޓިކްޓޮކް މެދުވެރިކޮށް ރެކޯޑިން ބަލައިލެވެން ހުންނާނެއެވެ.
“ޓޫ އޮފް އަސް” ބޭންޑް
“ޓޫ އޮފް އަސް” ބޭންޑަކީ އަޚުވަންތަކަމާއި، ކެތްތެރިކަމާއި، ސަގާފީ ފަޚުރުވެރިކަމުގެ ތެރޭގައި ބިނާވެފައިވާ މި ދިވެހިރާއްޖޭގެ ފިއުޝަން-ރޮކް ބޭންޑެކެވެ. އަސްލު މިއުޒިކާއި ރޯ-އިމޯޝަން އާއި އެކު ދުނިޔޭގެ މައިދާނުގައި ތަމްސީލުކުރަނީ ދިވެހީންގެ އާ ޖީލެއްގެ މިއުޒީޝަނުންގެ އަޑުތަކެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 2 މެއި 2025ޚަބަރު“ޓޫ އޮފް އަސް” ފައިނަލަށް – މަރުޙަބާ!
- 2 މެއި 2025ޚަބަރު“ޓޫ އޮފް އަސް” ރާއްޖޭގެ މިއުޒިކީ ތާރީޚުގެ ތެރެއަށް!
- 1 މެއި 2025ޚަބަރު“ޓޫ އޮފް އަސް” ސެމީފައިނަލަށް! – މަރުހަބާ
- 1 މެއި 2025ޚަބަރު“އަލިފާން” ޓީޒާގެ ދިލަ ވަރަށް ގަދަ!