🎤 “ޓޫ އޮފް އަސް” ބޭންޑުން ސެމީ ފައިނަލްގައި ގެނެސްދިން ލަވަ މިއަދު (03 މެއި 2025ގައި) ދައްކާނެ!
🎤 “ޓޫ އޮފް އަސް” ވެސް ވާދަކުރާ ފައިނަލް އޮންނާނީ މާދަމާ (04 މެއި 2025ގައި) ހަވީރު17:30ގައި.
ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގެ ފައިނަލް ބާއްވާ ތާރީޚަށް ބަދަލެއް ގެނެސްފިއެވެ. އެގޮތުން މި މުބާރާތުގެ ގްރޭންޑް ފިނާލޭ ދެއްކުމަށް މިހާރު ހަމަޖެހިފައިވަނީ މިމަހު 04 ވަނަ ދުވަހު ހަވީރު 17:30ގައެވެ. މީގެ އިތުރުން މި މުބާރާތުގެ ސެމީ ފައިނަލްގައި އިއްޔެ ހުށައެޅި ހުށައެޅުންތައް މިއަދު ހަވީރު 17:30ގައި ދައްކާނެ އެވެ.
ރާއްޖޭގެ ބޭންޑް “ޓޫ އޮފް އަސް” އިން މި މުބާރާތުގެ ފައިނަލުން ޖާގަ ކަށަވަރުކޮށްފައިވަނީ އިއްޔެ އެމީހުން ހުށައެޅި ހުށައެޅުމުންނެވެ. އެ ހުށައެޅުންވެސް މިއަދު ފެނިގެންދާނެ އެވެ. މިއީ ރާއްޖޭގެ މިއުޒިކީ ތާރީޚުގައި މިވަރުގެ ވަރުގަދަ ކާމިޔާބެއް ހާސިލުކުރެވުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
@muniavasCongra 2OfUs – 2OfUs Reached to the semi-final #Battleofbandsinternational #Doordarshan #SupportMaldivianMusic #WavesApp #dhivehimusic #Saregama #WatchLive #AnuMalik @2ofusmv @dhiscreen @adhuham.mv @nazooh77 @shamrukprime @jasheem4489 @chootinhochooti♬ original sound – MUNIAVAS
ގްރޭންޑް ފިނާލޭ ޑީޑީ ނޭޝަނަލް އެޗްޑީއިން ދައްކާ މި ޝޯ “ހިލޭ ޓީވީ”ގެ ލައިވް އިވެންޓްސް 01 ޗެނަލުން ވަގުތުން ބަލައިލެވޭނެއެވެ.
“ހިލޭ ޓީވީ” ސެޓަޕް ހަދާނެގޮތް މި ލިންކުން ވަރަށް ތަފުސީލުކޮށް ލިބެން ހުންނާނެއެވެ.
ހަމަ އެހެންމެ، ‘ވޭވްސް އެޕް’ މެދުވެރިކޮށް މި ޝޯ ބަލައިލެވޭނެއެވެ. މި ލިންކަށް https://www.wavespb.com/links/SH10574jfg ފިތާލައިގެންވެސް ޝޯ ބަލައިލެވޭނެއެވެ.
“ޓޫ އޮފް އަސް” ބޭންޑްގެ ކޮންމެ ހުށައެޅުމެއް ނިމޭތާ މަދު މިނެޓްކޮޅެއްގެ ތެރޭގައި މުނިއަވަސް ޓިކްޓޮކް މެދުވެރިކޮށް ރެކޯޑިން ބަލައިލެވެން ހުންނާނެއެވެ.
“ޓޫ އޮފް އަސް” ބޭންޑް
“ޓޫ އޮފް އަސް” ބޭންޑަކީ އަޚުވަންތަކަމާއި، ކެތްތެރިކަމާއި، ސަގާފީ ފަޚުރުވެރިކަމުގެ ތެރޭގައި ބިނާވެފައިވާ މި ދިވެހިރާއްޖޭގެ ފިއުޝަން-ރޮކް ބޭންޑެކެވެ. އަސްލު މިއުޒިކާއި ރޯ-އިމޯޝަން އާއި އެކު ދުނިޔޭގެ މައިދާނުގައި ތަމްސީލުކުރަނީ ދިވެހީންގެ އާ ޖީލެއްގެ މިއުޒީޝަނުންގެ އަޑުތަކެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 3 މެއި 2025ޚަބަރު“ކަލޭމެން ސާބިތުކޮށްދީފި، ތީ ހުށައެޅުމަށް އެންމެ ފައްކާ ބޭންޑްކަން” – ސަލީމް މާރޗެންޓް
- 3 މެއި 2025ޚިޠާބްމޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް ދެއްވާ ޚިތާބް
- 3 މެއި 2025ޚަބަރުބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގެ ފައިނަލް ބާއްވާ ތާރީޚަށް ބަދަލެއް
- 3 މެއި 2025ޚަބަރުލޯބިން ކުޅެން ފަށައިފި