17 ޖޫން 2025 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ރިލީޒްކުރާ ދިވެހި ފިލްމު “ސޮރީ“ގެ ޓިކެޓް އޮލިމްޕަހުން މިއަދު ހެނދުނު 10:00 ގައި ވިއްކަން ފަށައިފި އެވެ.
ފިލްމު ”ސޮރީ“ގެ ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ފާޓިމަތު ނަހުލާ (ނަހޫ) ބުނީ ފިލްމުގެ ޓިކެޓް ބުކްކުރުމަށް ހުޅުވައިލި ފުރުޞަތުގައި ޓިކެޓް ބުކިން ހަދާފައިވާ 09 ޝޯގެ ޓިކެޓްތައް ވިއްކަން ހުޅުވައިލި ފުރުޞަތުގައި ޓިކެޓް ނުނެގުމުން ކެންސަލްވެފައިހުރި ޓިކެޓްތައްވެސް މިއަދު އޮލިމްޕަހުން ދޫކުރަން ފަށާނެ ކަމަށެވެ. އެހެންކަމުން މިއީ ފިލްމު ”ސޮރީ“ ތަންކޮޅެއް ކުރިން ބަލައިލުމަށް ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ފަހި ފުރުޞަތެއްކަމަށް ފާހަގަކުރެވެއެވެ.
އޮލިމްޕަހުން ޓިކެޓް ވިއްކުމުގެ އިތުރުން 7844422 ނަންބަރަށް ގުޅައިގެން ޓިކެޓަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށްވެސް ނަހޫ ބުންޏެވެ. މިއީ ވަގުތުން ޓިކެޓް ނެގުމަށް ދަތިވާ ފަރާތްތަކަށް ފަސޭހަކޮށްދިނުމަށް، ދިވެހި ފިލްމު އުފައްދާ ފަރާތްތަކުން މިހާރު އަމަލުކުރަމުން އަންނަ އުސޫލެކެވެ.
ފިލްމު ”ސޮރީ“ގެ މަސައްކަތްތަކަށް ބަލައިލާއިރު، މިވަގުތު ކުރިއަށްދަނީ ފިލްމުގެ ބެކްމިއުޒިކްގެ މަސައްކަތްތައް ކަމަށާ ފިލްމު އެޅުވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައްވެސް ވާން ފަށާފައިވާކަމަށް ނަހޫ ބުންޏެވެ.
“ސޮރީ“ އަކީވެސް ޔޫއްޕެ އަދި އައްޒަގެ ޖޯޑު ފެނިގެންދާނެ ފިލްމެކެވެ. މީގެ އިތުރުން އާނަންދު އަދި ޝިޔާ މި ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާނެ އެވެ. ފިލްމުގެ އާއްމުކޮށްފައިވާ ޕޯސްޓަރުން އެ ފެންނަ ނަހޫގެ ނާޝްގެ ޅަދުވަސްތައް އަލުން ހަނދާނަށް ގެނެސްދޭނެ ދެބެއިންގެ ހުނަރުވެރި އެކްޓިންވެސް މި ފިލްމުން ފެނިގެންދާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




