‘އައިފިލްމްސް’، ‘އިންޖީނިއަސް ވިޝުއަލް ފެކްޓްރީ’ އަދި ‘ލައިޓްސް އައުޓް ޕްރޮޑަކްޝަން’ ގުޅިގެން އުފައްދާ ފިލްމު “ލޯބިން…؟”ގެ މުހިންމު ތަރިންތައް ހާމަކޮށްފިއެވެ. 2025 މެއިމަހުގެ ފުރަތަމަ ދުވަހު މި ފިލްމުގެ ޝޫޓިން ފަށާފައިވިޔަސް، އަދާއި ހަމައަށް އޮތީ މި ފިލްމުގެ ލީޑް ކާސްޓު ހާމަނުކޮށެވެ.

ފިލްމުގެ ލީޑް ކާސްޓުގައި ހިމެނެނީ އަޙްމަދު އިފްނާޒް ފިރާޤް، ނުޒުހަތު ޝުޢައިބް، ތާތި އާދަމް، އަޙްމަދު ޝާރިފް އަދި އަޙްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އެވެ. މެއިން ކާސްޓްގައި ހިމެނޭ ގިނަ ތަރިންނަކީ އިއްލެގެ އުފެއްދުންތަކުން ފެންނަ އާއްމު މޫނުތަކެކެވެ. އެގޮތުން ނުޒޫއަކީ އިއްލެގެ ކާމިޔާބު ގިނަ އުފެއްދުންތަކުގެ ލީޑް ކުޅެފައިވާ ފަންނާނެނެވެ. ތަފާތު ލުކްތަކަކުން ނުޒޫ ފެނިގެންދިޔަ “ނީނާ” އާ ޚިލާފަށް މި ފިލްމުން ނުޒޫ ފެންނާނީ ބުރުގާ އަޅައިގެން އުޅޭ ކުއްޖެއްގެ ގޮތުގައެވެ.

@muniavas “ލޯބިން…؟” ނުޒޫއަށް ބޮޑު ބަދަލެއް! LOABIN..? Nuzu ah bodu badhaleh! @I Films mv @Nuzhath Shuaib @Ahmed Ifnaz Firag @Thaathi Adam ♬ Thank You For – Skuliah

ފިލްމުގެ ލީޑް ތަރިންގެ މޫނުތައް ދައްކައިފި ފޮޓޯ މީގެ ކުރިން އައިފިލްމްސް އިންވަނީ ތަރިންގެ މޫނުތައް ނުފެންނަ ގޮތަށް، ތަރިންގެ ނަންތައް ދިމާކުރެވޭ ވަރެއް ބަލައިލުމަށްވެސް އާއްމުކޮށްފައެވެ. އޭރު އެ ފޮޓީ އާއްމުކުރަމުން އައިފިލްމްސް އިން ބުނީ އެ އެންމެންނަކީ ވެސް ބެލުންތެރިންނަށް އެނގޭނެ ތަރިންތަކެއް ކަމަށާއި އެހެންވެ އެއީ ކޮން ބައެއް ގެސްކޮށްލަން އެދޭ ކަމަށެވެ.

“ލޯބިން…؟” ގެ ތަރިން ގެސްކޮށްލަން އާއްމުކުރި ފޮޓޯ – އައިފިލްމްސް

އައިފިލްމްސް އިން އުފައްދަމުން އަންނަ ފިލްމުތަކުގައި އަބަދުވެސް އައު ތަރިން ބޭނުންކުރަމުން އަންނަ ބީދައިން މި ފިލްމަށް ވެސް ވަނީ ޒުވާން ކާސްޓުން ހޯދަން އިއުލާންކޮށްފައިވެއެވެ. އެހެންކަމުން މި ފިލްމުން ވެސް ޒުވާން ހުނަރުވެރި އައު ފަންނާނުން ފެނުމުގެ ފުރުސަތު އެބައޮތެވެ.

01 މެއި 2025ގައި ޝޫޓިން ފެށި “ލޯބިން…؟”އަކީ އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކުރާ ލޯބީގެ ފިލްމެކެވެ. އިއްލެ އަކީ “ބަވަތި” އާއި “ނީނާ” އަދި “ފްރީ ޑެލިވަރީ” ވެސް ގެނެސްދިން ޑައިރެކްޓަރެވެ. އިއްލެ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ ބިރުވެރި ފިލްމު “ކަންބަޅި” އެވެ.

ފިލްމު “ލޯބިން…””ގެ މެއިން ކާސްޓް – ފޮޓޯ: އައިފިލްމްސް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.