ރައްޔިތުން މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރުގެ ޅެން ފޮތް “ބަނަފުސާ” އަދި ލަވަ އަލްބަމް “އަރާއިރު” ނެރެފިއެވެ. މިކަމަށްޓަކައި ޚާއްޞަ ހަފުލާއެއް ބޭއްވީ ލ. ފޮނަދޫ އަރާއިރުގެ އިރުން އޮންނަ ފަންނު ސަރަޙައްދުގައި މިމަހު 28 ވަނަ ދުވަހުރޭ ގައެވެ.
މި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ޅެންފޮތް ނެރެދެއްވީ މަޝްހޫރު ޅެންވެރިޔާ އާދަމް ޢަބްދުއްރަޙްމާން (އުތީމު އާދަމްބެ) އެވެ. ލަވަ އަލްބަމް “އަރާއިރު” ނެރެދެއްވީ އޮނަރަބަލް ހަމްދޫން ޙަމީދެވެ.
މި ހަފުލާގައި މަޝްހޫރު ޅެންވެރިޔާ މުޙައްމަދު ޝާހިދު ޙަލީމް، އީސާ ޝަރީފް، ހަމްދޫން ޙަމީދުގެ އިތުރުން ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ރައީސް އަޝްރަފް ޢަލީ ބައިވެރިވެލެއްވިއެވެ. “އަރާއިރު” ލަވަ އަލްބަމުގެ މަސައްކަތްތައް ކޮށްފައިވާ ‘ޓޮނިކް ލައިވް ސްޓޫޑިއޯ’ގެ ވެރިޔާ އަދި މިއުޒިކީ ދާއިރާގައި މަޝްހޫރު ފަންނާނު، ލަވަކިޔުންތެރިޔާ އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) ވެސް މި ހަފުލާގައި ބައިވެލެއްވިއެވެ.
ޢަބްދުއްރަޙީމް ޢަބްދުﷲ ނެރުއްވި ލަވަ އަލްބަމަކީ ވަަރަށް ހިތްގައިމު ލަވަތަކެއް ހިމެނޭ އަލްބަމެކެވެ. ޢަބްދުއްރަޙީމްގެ ޅެންވެރިކަން ހިމެނޭ މި ލަވަތައް ކިޔާފައިވަނީ ކުޑަ އިއްބެއެވެ. ޖުމްލަ ހަ ލަވަ ހިމެނޭ މި އަލްބަމްގައި ހުރި ރާގުތަކަކީވެސް ދިވެހި އަމިއްލަ ރާގުތަކެކެވެ. “އަރާއިރު” އަލްބަމްގެ ލަވަތައް ސައުންޑްކްލައުޑަށް ދޫކޮށްލާނެ ކަމަށް ކުޑަ އިއްބެ ބުނެއެއެވެ.
@muniavas Song: Lhenveriyakah Ma Veenama BANAFUSAA Lhenfothun Kuda Ibbege Adun #BANAFUSAA #ADHUREY #KUDAIBBE #LHENVERIKAN#fyppppppppppppppppppppppp #fypage #fypageシ #fy #fypシ゚ @toniclivestudio @easashareef #LAAMU #FONADHOO #MAJILISRAEES ♬ original sound – MUNIAVAS
ރޭގެ ރަސްމިއްޔާތުގައި ޢަބްދުއްރަޙީމް ޢަބްދުﷲގެ ޅެންވެރިކަމުގެ މައްޗަށް އަލިއަޅުވާލައި ޝާހިދު ޙަލީމް، ޢީސާ ޝަރީފް، އާދަމްބެ، އަޝްރަފް ޢަލީ ވާހަކަދެއްކިއެވެ. މީގެ އިތުރުން މިއުޒިކް އަލްބަމް “އަރާއިރު” ނެރެދެއްވުމަށްފަހު އެ އަލްބަމުގައި ހިމެނޭ ޅެންވެރިކަމާމެދު ހަމްދޫން ވާހަކަދެއްކެވިއެވެ.
ރޭގެ ހަފުލާގައި ލ. ފޮނަދޫގެ އިތުރުން އަތޮޅުގެ ބައެއް ރަށްރަށުގައި ތިބި ޢަބްދުއްރަޙީމް ޢަބްދުﷲއަށް ތާއިދުކުރާ ގިނަ ޢަދަދެއްގެ މީހުން ބައިވެރިވެފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
