ކާޅަކަށް ބަލިމަޑުކަމުގެ އިހްސާސްކުރެވުމުން، ހިނި، ހޮރުހަދަން ޖަހާފައި ހުންނަ ފަސްފުންޏަކަށް އެސޮރު ޒިޔާރަތްކުރާކަން އެނގޭތަ؟

މިއީ ގަބޫލުކުރަން ދަތިކަމެއްދޯ؟ އެހެނަސް އެއީ ހަގީގަތުގައި ފިޠުރަތުގެ އެންމެ ދިލްކަޝް ނުވަތަ އެންމެ ފޭސިނޭޓިން ޝިފާ ހޯދުމުގެ ރަސަމް ނުވަތަ ރައިޗުއަލްއެއް.

ކާޅަކަށް އެސޮރުގެ ޠަބީޢަތް ރަނގަޅުނޫން ކަމުގެ އިޙްސާސްކުރެވުމުން، އެސޮރު ހިނިހޮރެއް ފެނޭތޯ ބަލައި ހިނިހޮރު ކައިރިއަށް ގޮސް ދެ ފިޔަގަނޑު ދަމާލައިގެން ހިނިހޮރު ކައިރީގައި އެއްވެސް ހަރަކާތެއް ނެތި އޮންނާނެ. މިހެން މިސޮރު އޮންނަނީ އޭގެ ގަޔަށް ހިނިތައް އެރުމަށް އެދިގެން އެކަމަށް އަދައިގެން.

@muniavas އަމިއްލަ ގަޔަށް ހިނިއަރުވައިގެން ކާޅު މިކުރަނީ ކޮންކަމެއްކަން އެނގޭތަ؟ ANTING In Crows and Birds #fyppppppppppppppppppppppp #fypageシ #fypage #fy #fypシ゚ #anting #animalbehaviour #antinginbirds ♬ original sound – MUNIAVAS

އެކަމަކު ކީއްވެގެންބާ؟

ސަބަބަކީ ކާޅުގެ ފަތްތަކުގެ ތެރޭގައި ފިލާ ތިބޭ ބަލިޖައްސާ ޖަރާސީމުތައް ކަމަށްވާ ބެކްޓީރިއާ، ފަންގައި އަދި ޕެރަސައިޓްތައް މަރައިލަދޭ ޤުދުރަތީ އެންޓިސެޕްޓެއް ކަމަށްވާ ‘ފޯރމިކް އެސިޑް’ ހިނީގެ ހަށިގަނޑުން ބޭރުކޮށްދޭތީ.

މި ސުލޫކަށް ނުވަތަ ރަވައްޔާއަށް އިނގިރޭސިބަހުން ކިޔަނީ “އޭންޓިންގ”. މިއީ ކާޅުގެ އިތުރުން ދޫނީގެ ގިނަ ވައްތަރުތަކުގައި ވެސް މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވަވާފައިވާ ވަރަށް ޚާއްޞަ ސިފައެއް.

ފިޠުރަތުގައި ލައްވާފައިވާ މި ނިޒާމުގެ ސަބަބުން ދޫންޏަށް ޖެހޭ ޢާއްމު ބަލިތަކަށް ފަރުވާހޯދުމަށް ބޭހެއް ބޭނުމެއްނުވޭ. ޖަނަވާރުންގެ ޚާއްޞަ ޑޮކްޓަރެއް ބޭނުމެއްނުވޭ.

އެހެންކަމުން، ހިނިހޮރަކީ ޚާލިޞް ޣަރީޒާ ނުވަތަ ޕިޔޯރ އިންސްޓިންކްޓް އަދި ޤުދުރަތުގެ ބޭސްފިހާރައެއް.

މިކަމުން އަންގައިދެނީ، ގުދުރަތީ ދުނިޔެއަކީ ވިސްނުންތޫނު، އަމިއްލައަށް ޝިފާ ލިބޭ ނިޒާމުތަކުން ފުރިފައިވާ ދުނިޔެއެއް ކަމުގެ މޮޅު ހަނދާންތަކެއް. މިކަމުންވެސް ދައްކައިދެނީ އަރަހުށި މާތްﷲ ސުބްޙާނަހޫ ވަތަޢާލާގެ ކަށަކުޅަދުންވަންތަކަން.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.