ލަންކާގައި “މޯޑު ކަޕް”ގެ ނަމުގައި ބެޑްމިންޓަން މުބާރާތެއް ބާއްވައިފިއެވެ. މި މުބާރާތަކީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ބެޑްމިންޓަން ކުޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ކުރިޔަށްގެންދިޔަ މުބާރާތެކެވެ.
މި މުބާރާތުގައި، މެންސް ޑަބަލްސް، ވިމެންސް ޑަބަލްސް އަދި މިކްސް ޑަބަލްސްގެ މެޗުތައް ކުޅެފައިވެެއެވެ. މުބާރާތުގައި ފަންސަވީހަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވެއެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމު ތަކަށް ތަށި ހަވާލު ކޮށްދެއްވާފައި ވަނީ ލަންކާގައި ހަރަކާތްތެރިވާ ދިވެހި އެސޯސިއޭޝަނެއް ކަމުގައި ވާ “ވަން މޯލްޑިވްސް”ގެ ޗެއަރ ޕާރސަން އިބްރާހިމް ނިފާރު (ތިއްތި) އެވެ. މި މުބާރާތަކީ ލަންކާގައި ދިރިއުޅުނު، މުހައްމަދު އިޔާޒް އިސްނަގައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމުގައި ޓީމް މެޓްރިކްސް ޓީމްގެ ޝަފީ، ޝުޖާ އަދި ހުސެންގެ އެހީތެރިކަން ލިބިފައިވާތީ އެކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައިވެއެވެ.

