މީގެ 17 ދުވަސް ފަހުން އޮލިމްޕަހުގައި ރިލީޒްކުރަން އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އަސަރުގަދަ ފިލްމު “ސޮރީ”އިން ބެލުންތެރިންނަށް ވަރުގަދަ އިންޒާރެއް ދޫކޮށްލައިފިއެވެ.
“ސޮރީ” ފިލްމުގެ މީސްމީޑިއާ މަންސަތަކަށް ދޫކޮށްލާފައިވާ ޓެކްސްޓް ވީޑިއޯއެއްގައި ބުނެފައިވަނީ މި ފިލްމުގައި އިންތިހާއަށް އަސަރުކުރުވާ ފަދަ މަންޒަރުތަކާއި ހިތް ކުދިކުދިކޮށްލާފަދަ އަސަރުތަކާއި، ކަރުނަ ހިފަހައްޓައިނުލެވޭ ފަދަ ވަގުތުތަކާއި ކުރިމަތިވާނެ ކަމަށެވެ.
އެހެންކަމުން ފިލްމު ބެލުންތެެރިން ފިލްމަށް ދާއިރު ކޮންމެހެންވެސް ޓިޝޫ ގެންދަން ހަނދާންކޮށްދޭ ކަމަށާއި، މޭކަޕް ޚަރާބުވުމާއި، ނޭފަތުން ފެން އައުމާއި، ބައިވެރިޔާއަށް ކުއްލިއަކަށް ގުޅަން ބޭނުންވެދާނެ ކަމަށް ސަމާލުކަން ދިނުމަށް ބެލުންތެރިންގެ ކިބައިން އެދިފައިވެއެވެ. އަދި މި ބުނެވުނު ކަންތައްތަކުން އެއްވެސް ކަމަކަށް ފިލްމު އުފެއްދި ފަރާތުން ޒިންމާ ނުނެގޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ފާޠިމަތު ނަހުލާ ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމު ”ސޮރީ“ ރިލީޒްކުރާނީ 17 ޖޫން 2025ވާ ބުރާސްފަތި ދުވަހުގެރޭގައެވެ.
@muniavas SORRY filmuge faraathun Beluntherinnah Varugadha Inzaareh! “ސޮރީ” ފިލްމުގެ ފަރާތުން ބެލުންތެރިންނަށް ވަރުގަދަ އިންޒާރެއް! #fyppppppppppppppppppppppp #fypage #fypageシ #fy #fypシ゚ #sorry #sorryiamlatemovie @fathimathnahula2 @mariyamaxzxa ♬ original sound – MUNIAVAS
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




