ސްރީލަންކާގެ ކޮލޮމްބޯއިން ޢާއިޝަތު ރިފްޒާ
ރާއްޖޭން ބޭރު ޤައުމަކަށް އެންމެ ގިނަ ދިވެހިން ދިރިއުޅޭ އެއް ޤައުމަކީ އަވަށްޓެރި ޝްރީލަންކާއެވެ. ބޭސް ފަރުވާ އަށާއި ތައުލީމު ހާސިލްކުރުމަށް ގިނަ ދިވެހިން ލަންކާގައި ވަޒަންވެރިވެގެން ދިރިއުޅެމުން ދެއެވެ. މިގޮތުން ލަންކާ ކޮލޮމްބޯގެ އެކިއެކި ކޮލެޖް އަދި ސްކޫލް ތަކުގައި ކިޔަވަމުން ދާ ދަރިވަރުން، ދުވަހުން އިތުރު ވަމުން ދާކަން ފާހަގަ ކޮށްލެވެއެވެ. މި ސްކޫލްތަކުގައި ކިޔަވަމުންދާ ދިވެހި ކުދިންނަކީ މަލްޓި ޓެލެންޓެޑް ކުދިންކަންވެސް ވަރަށް އުފަލާއެކު ފާހަގަކޮށްލަމެވެ. މިގޮތުން ރާއްޖެ ކުދިން އެކި އެކި މުބާރާތް ތަކުގައި ބައިވެރިވެ ރަން ވަނަަތަށް ހޯދައެވެ. އޯލެވެލް، އަދި އޭލެވެލްގެ ނަތީޖާއިންވެސް ލަންކާގައި ރަނގަޅު ނަތީޖާ ގެންނަކަން ފާހަގަކުރަމެވެ.

ރިއުޝާން އިބްރާހިމް ރުޝްދީ
ކޮންމެ ޤައުމެއްގައިވެސް އެ ޤައުމެއްގެ ސްކޫލް ތަކުގައި އިސް މަޤާމުތައް ފުރަމުން އަންނަނީ އެ ޤައުމެއްގެ ކުދިންނެވެ. ސްކޫލްގެ ކެޕްޓަންކަންވެސް މެއެވެ. އެހެން ނަމަވެސް، ޝްރީލަންކާގެ ކޮލޮމްބޯގެ ސްކޫލެއް ކަމަށްވާ ޑޭބްރިޖް އިންޓަރނޭޝަނަލް ސްކޫލްގެ ހެޑް ޕްރިފެކްޓް ނުވަތަ ކެޕްޓަނަކަށް މި ވަގުތު ހުރީ އަޅުގަނޑުމެންގެ ދިވެހި ރާއްޖެއަށް ނިސްބަތްވާ ދިވެހި ދަރިއެކެވެ. އެއީ ޑޭބްރިޖްގެ ބާރައިގައި ކިޔަވަމުންދާ ފަލަކް، ށ. ކަނޑިތީމު ރިއުޝާން އިބްރާހިމް ރުޝްދީއެވެ.
ޑޭބްރިޖް ސްކޫލަކީ ވަރަށް ގިނަ އަދަދަކަށް ދިވެހި ކުދިން ކިޔަވަމުން އަންނަ ސްކޫލެކެވެ. ރިއުޝާން ޑޭބްރިޖްއާ ގުޅުނީ މޮންޓޮސޫރީ އިން ފެށިގެންނެވެ. ސްކޫލްގެ އެކިއެކި މުބާރާތް ތަކާއި، އެކިއެކި ހަފްލާތަކުގައި ވަރަށް ކެރިގެން ސްކޫލް ތަމްސީލް ކޮށްދީފައިވެއެވެ.
ސްކޫލްގެ މިފަދަ މަޤާމެއް އަދާކުރުމަކީ ކިހާ ވަރެއްގެ ކަމެއްތޯ ސުވާލު ކުރުމުން ރިއުޝާން ބުނީ، މީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ.
”ޚާއްސަކޮށް ދެ ސިލަބަސް އަށް (ލޯކަލް، ލަންޑަން) ކިޔަވާ ކުދިން މިސްކޫލްގައި ކިޔަވަމުންދާއިރު ހުރިހާ ކުދިން ރެޕްރެސެންޓް ކުރާނީ އަޅުގަނޑު. ކޮންމެ ތާކަށް ދިޔަސް ޑިސިޕްލިން މެއިންޓެއިން ކުރުމަށް ޚާއްސަ ސަމާލު ކަމެއް ދޭންޖެހޭނެ. ޚާއްސަކޮށް އެއްވެސް އިވެންޓެއް، ފަންކްޝަނެއް އޮންނަނަމަ ދުރާލާ އެކަމަށް ޕްރިފެކްޓް ބޯޑާއެކު ތައްޔާރު ވާން ޖެހޭ.”
* ރިއުޝާން އިބްރާހިމް ރުޝްދީ
ރިއުޝާން އެންމެ ޚާއްސަ ކަމަކަށް ފާހަގަ ކުރީ ޕްރިފެކްޓް ބޯޑުގައި އިތުރު ދިވެހި ކުދިން ތިބިކަމާ މިއިން ކޮންމެ ކުއްޖަކީވެސް ޑޭބްރިޖް ތަމްސީލު ކޮށްދޭ ކުދިންނަށް ވެފައި އަދި ރާއްޖެވެސް ތަމްސީލު ކުރާނެ ކުދިންނަށް ވުމީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. އޭނާ އެދެނީ ކުރިޔަށް ހުރި އަހަރު ތަކުގައިވެސް ސްކޫލްގެ އިސް މަޤާމު ތަކުގައި ދިވެހި ކުދިން ހަރަކާތް ތެރި ވާތަން ފެނިގެން ދިއުމަށެވެ.

ނިމި ދިޔަ އަހަރުގެ ކެެޕްޓަން ކަންވެސް ކޮށްފައި ވަނީ ދިވެހި ދަރިއެކެވެ. އެއީ ރިއުޝާންގެ އެއްބަނޑު އެއްބަފާ ދައްތަ ރައުޝާން އިބްރާހިމް ރުޝްދީއެވެ. މި އަހަރުގެ ޕްރިފެކްޓް ކުދިންނަށް ހުވާލައިދިނީވެސް ނިމިދިޔަ އަހަރުގެ ކެޕްޓަން ރައުޝާން އެވެ. ދައްތަގެ (ރައުޝާން) އަތުން ކެޕްޓަން ބެޖް ކޮށްކޮ (ރިއުޝާން)އަށް ލިބުމަކީ ވަރަށް ފަޚުރުވެރިވާ ކަމެއްކަމަށް ރައުޝާންބުނެއެވެ. މިދެކުދިންގެ ހިތްވަރާ މަސައްކަތުގެ އަގަކީ މަންމަގެ ބުރަ މަސައްކަތްކަން ފާހަގަ ކޮށްފައިވެއެވެ.

ރިއުޝާންގެ އެއްބަނޑު އެއްބަފާ ދައްތަ ރައުޝާން އިބްރާހިމް ރުޝްދީ
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސް ކްލަބްހައުސް ޕްރޮގްރާމް މެނޭޖަރ ޢާއިޝަތު ރިފުޒާ (ރިފޫ) އަކީ ދިވެހި ގައުމީ ޓީވީ ސްޓޭޝަނާއި އެހެނިހެން ދިވެހި ޗެނަލްތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ހުނަރުވެރި ޕްޒެންޓަރެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2025ޚަބަރު”ލިލީ“ ގެ ”ހިތް ކަތިލިޔެ“ އެއްކޮށް ނެރެނީ
- 19 ނޮވެމްބަރ 2025ޚަބަރުކޮޅުނބު ކަޕް 2025 ނިންމާލައިފި
- 13 އޮކްޓޯބަރ 2025ޚަބަރުލަންކާގައި އެސްއެސްސީ ހެދި ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފި
- 17 ސެޕްޓެމްބަރ 2025ޚަބަރު”ސާފް އަންޑަރ 17 ޗެމްޕިއަންޝިޕް“ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ




