🧚 އެއްވަނައަށް އަންނަ ޕޯސްޓަރަކަށް 10،000 ރުފިޔާ!
🧚 މިމުބާރާތް ހުޅުވާލާފައިވަނީ އޮގަސްޓްމަހު 27، 2025 ވަނަ ދުވަހުން ފެށިގެން، އޮކްޓޯބަރ 15، 2025 ގެ ނިޔަލަށް
🧚 މިމުބާރާތާއި ގުޅޭ ގަވައިދު އަދި އިތުރު މައުލޫމާތު ޕަރީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ފެންނަން ހުންނާނެ
މަޝްހޫރު އެކްޓަރ، ޑައިރެކްޓަރ އަލީ ސީޒަންގެ، ސީޒަން އަލީ ޕްރޮޑަކްޝަނުން ގެނެސްދޭ ”ޕަރީ“ ފިލްމުގެ ޕޯސްޓަރ ޑިޒައިން ކުރުމުގެ މުބާރާތެއް ހުޅުވާލައިފިއެވެ. އަލީ ޕްރޮޑަކްޝަނުން ބުނީ މިމުބާރާތަކީ އެންމެންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށެއެވެ. މިމުބާރާތުން އެއްވަނަ އަށް ހޮވޭ ޕޯސްޓަރަކަށް އިނާމެއްގެ ގޮތުގައި 10،000 ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ޕަރީގެ ޓީމުން ބުނެއެވެ.
މިމުބާރާތް ހުޅުވާލާފައިވަނީ އޮގަސްޓްމަހު 27، 2025 ވަނަ ދުވަހުން ފެށިގެން، އޮކްޓޯބަރ 15، 2025 ގެ ނިޔަލަށް ކަމަށާއި ޑިޒައިން ކުރާ ޕޯސްޓަރުތައް ހުށަހަޅާނީ ޕަރީގެ އިންޓަރގްރާމް އަދި ފޭސްބުކު އެކައުންޓްތަކަށް ޕޯސްޓްކޮށްގެން ކަމަށް ޕަރީގެ ޓީމުން ބުނެއެވެ.
މިމުބާރާތުން އެއްވަނައަށް އަންނަ ޕޯސްޓަރު އިއުލާން ކުރުމާއި އިނާމް ދިނުން އޮންނާނީ ޑިސެމްބަރު 1، 2025 ވަނަ ދުވަހު، ޕަރީ ފިލްމުގެ ރަސްމީ ޓްރެއިލާ ލޯންޗް ކުރާ ހަފްލާގައެވެ.
ފިލްމު ”ޕަރީ“ގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ ޝީލާ ނަޖީބް، ރިޝްމީ ރަމީޒް، އައިޝަތު ލަމްސާ ލަތީފް، ޖުމައްޔިލް ނިމާލް، މުހައްމަދު ނައުޝާދު އަލީގެ އިތުރުން އަލީ ސީޒަން ފަދަ މޫނުތައް ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




