20 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޔޫއްޕެ އަޅުވާ ”އިލްޒާމް“ގެ ޓިކެޓް ނަންނޯޓްކުރުމަށާއި ރަށްރަށުގައި ފިލްމު އަޅުވަން ބޭނުންވާ ފަރާތްތަކުން ނަންނޯޓުކުރުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

ފިލްމުގެ ޓިކެޓް ނަންނޯޓްކުރުމަށް 7732010 އަށް ގުޅުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އެދެއެވެ. އަދި ރަށްރަށުގައި މި ފިލްމު ދައްކަން ބޭނުންވާ ފަރާތްތަކުން ޖާގަ ކަށަވަރުކުރުމަށް 9105590އަށް ގުޅުމަށް އެދިފައިވެއެވެ.

ދެކެދެކެވެސް ޕްރޮޑަކްޝަނާއި ޔޫއްޕެ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކޮށް، ޔޫއްޕެ ޑައިރެކްޓްކޮށް އުފައްދާ “އިލްޒާމް”ގެ ވާހަކަ ބިނާކޮށްފައިވަނީ ދިވެހި މުޖުތަމައުގައި ހިނގަމުންދާ އަދި ހިނގާފައިވާ ބައެއް ހަގީގީ ހާދިސާތަކުން ޚިޔާލު ނަގައި، އެކަންކަމުން ބެލުންތެރިންނަށް ހެޔޮ ރަނގަޅު މެސެޖްތަކެއް ފޯރުކޮށްދިނުމުގެ މަޤްޞަދު ޙާސިލުކުރުމަށް ވިސްނާފައެވެ.

މި ފިލްމުގެ ފަސްޓްލުކެއް އާއްމުކޮށްފައިވާއިރު، މިއީ ވަރަށް ވަރުގަދަ ފިލްމަކަށް ވެގެންދާނެ ކަމަށް ބެލެވޭ ގިނަ ކަންތައްތަކެއް އެ ވީޑިއޯއިން ފެނެއެވެ. ފިލްމުގެ މައިގަނޑު ތަރިންތައް މި ވީޑިއޯއިން ދައްކާލާފައިވެއެވެ. އެގޮތުން ޔޫއްޕެ، އާމިރާ އިސްމާޢީލް، އަޙްމަދު ނިމާލް، ފައިސަލް، ޖުމައްޔިލް ނިމާލް، ޝިފާ، ޝަކީލާ، މުޙައްމަދު ރަޝީދު (ދަރާ)، އަޙްމަދު ސަޢީދު، ލައިޝާ، ޝަހީދާ އަދި ތުއްތު އާޓިސްޓެއްކަމަށްވާ ’ގޮމަ‘ ފެނިގެންދެއެވެ.

@muniavas Film “ilzaam” first look @eupeofficial @DhivehiScreen @Ami🌺🇲🇻 ♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.