ސްރީލަންކާގެ ކޮލޮމްބޯއިން ޢާއިޝަތު ރިފްޒާ

ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު މިމަހުގެ 06ވަނަ ދުވަހު ކުޅުނު ފުރަތަމަ މެޗުން ލަންކާ ފަސްގަނޑުގައި ލަންކާއާއި ދެކޮޅަށް ކުޅެ 3-0ން މެޗް ކާމިޔަބު ކޮށްފައިވާއިރު، ދިވެހި ސަޕޯޓަރުން ދެއްކި ނަމޫނާގެ ވާހަކަ ޚުދު ލަންކާ ޓީމާއި ޓީމުގެ ކޯޗުވެސް ފާހަގަ ކޮށްފައިވެެއެވެ. ލަންކާ ޓީމުން މިއަދުގެ މެޗް ކާމިޔާބު ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ބުނެފައިވާ އިރު ލަންކާގެ ފުޓުބޯޅަ ފެޑެރޭޝަނުންވަނީ ދިވެހި ސަޕޯޓަރުން މެޗަށް ސަޕޯޓް ކުރުމަށް ދަނޑަށް ވަނުމަށް ޓިކެޓް ވިއްކާފައިވާ އަގު ބޮޑުކޮށް ދަނޑުގެ ވަކި ހިސާބަކުން ނޫނީ ދިވެހިންނަށް ސަޕޯޓް ނުކުރެވޭ ގޮތް ހަދާފައެވެ.

ލަންކާގެ އެކި ޕްލެޓްފޯމް ތަކުގައާއި ސޯޝަލް މީޑިޔާގައި ދިވެހި ސަޕޯޓަރުން މުޅި ދަނޑުގައި އަޑު ގުގުމާލާފައިވާ ވާހަކަތަށް ދަނީ ދެކެވެމުންނެވެ. ދިވެހިންނަކީ އަބަދުވެސް އެއްބައިވަންތަ ބައެއްކަން އެނގި ސާފުވެފައި ވާއިރު މިފަހަރުގެ ދިވެހި ޓީމަށް ދިވެހިން ސަޕޯޓުކުރުން ވެގެން ދިޔައީ ދިވެހި ޓީމަށް ލިބުނު ހިތްވަރަކަށެވެ. އަދި ލަންކާ ޓީމް އަމިއްލަ ފަސްގަނޑުގައި ސަޕޯޓަރުންގެ އަޑެއް ނެތުމީ ލަންކާ ޓީމުގެ ކޯޗު ފަށްފަށުން ފާހަގަކުރަމުން އައިކަމެކެވެ.

”މި މެޗުން ފެނިގެންދިޔަ ނައްސި (ނެގެޓިވް) ކަމަކީ އަޅުގަނޑުމެންގެ ސަޕޯޓަރުންނަށްވުރެ ރާއްޖޭގެ ސަޕޯޓަރުން، އަޅުގަނޑުމެންގެ އަމިއްލަ ބިމުގައި ގިނައިން ތިބި ކަން!

— ލަންކާގެ ހެޑް ކޯޗް ޢަބްދުﷲ

ވެހި ސަޕޯޓަރުން މަދު ކުރުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުގަައި 1000ރުޕީސް އަށް ވިއްކި ޓިކެޓް ވަނީ އަގުބޮޑުކޮށް 3000ރުޕީސްއަށް ހަދާފައެވެ. އަދި ލަންކާ މީހުންނަށް ހިލޭ ވަދެވޭ ގޮތް ހަދައި އޮފީސްތަކުގައި މަސައްކަތް ކުރާ މީހުންނަށް ދަނޑަށް ވަންނަން ފުރުސަތު ދިނުމަށް މެޗް ކުޅެން ފަށާ ގަޑިއަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.

މި ހުރިހައި ހުރަސްތަކާ އެކުވެސް ދިވެހި ޓީމުގެ ކުލަ ރަތްކުލައިން މިއަދުގެ މެޗަށް ލަންކާގައި ތިބި ވީހާވެސް ގިނަ ދިވެހިން ވަނުމަށް ދިވެހި ޓީމުން އެދެއެވެ. އަދި ދިވެހިންނަކީ އެއްބައެއްކަން މިފުރުސަތުގައި ދެއްކުމަށް ޓީމުން ވަރަށް ބޮޑަށް އެދެއެވެ. އަދި މި މެޗަކީ ދިވެހި ސަޕޯޓަރުންގެ މެޗަކަށް ހަދައިދެއްވުމަށްވެސް އެދިފައިވެއެވެ.

މެޗް ގެ ޓިކެޓް ވިއްކުން ހެނދުނު 10:30ން މެންދުުރު 14:00 އާ ހަމަޔަށް ދިވެހިންނަށް ޚިދުމަތްކޮށްދޭ މައި މަރުކަޒު، ”ސޯސަން ވިލާ“ގައި ކުރިއަށްގެންދާނެއެވެ. އަދި މެޗް ފެށެންދެން ފެޑެރޭޝަނުން ވިއްކަމުން ދާނެއެވެ.

މެޗް ކުޅޭނީ ޝްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ރޭސްކޯސް ސްޓޭޑިއަމްގައި ލަންކާ ގަޑިން ހަވީރު 5:45ގައެވެ. 09ވަނަ ދުވަހު ލަންކާއާއި ދެކޮޅަށް ކުޅޭ ދެވަނަ މެޗަށް ލަންކާގައި ދިރިއުޅޭ ދިވެހިން ތިިބީ ސަޕޯޓު ކުރުމަށް އަތުކުރި އޮޅާލައިގެންނެވެ.

@muniavas Dhiveheen Vaane Goss Dhan’du Furaalan – South Asian Super Cup 2025 Sri Lanka vs Maldives – 2nd Match #AsianSupercup2025 #Maldivesfootball #fypシ゚ #fyppppppppppppppppppppppp #fypageシ #fy #fypage ♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

ޢާއިޝަތު ރިފުޒާ
ޢާއިޝަތު ރިފުޒާ
މުނިއަވަސް ކްލަބްހައުސް ޕްރޮގްރާމް މެނޭޖަރ ޢާއިޝަތު ރިފުޒާ (ރިފޫ) އަކީ ދިވެހި ގައުމީ ޓީވީ ސްޓޭޝަނާއި އެހެނިހެން ދިވެހި ޗެނަލްތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ހުނަރުވެރި ޕްޒެންޓަރެކެވެ.