ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މާލެ ތެރެއިން ވަރުގަދަ ގޮވުމެއް! – “އަލިފާން” ރަސްމީ ޓްރެއިލާއިން!

** “މަގޭ އުނގު ތެރެއިންނޭ މަޖިލީހަށް އެ ވަންނަނީ!”

“އުމުރެއް ނޫން މުހިންމީކީ. ހުނަރު މުހިންމީ!” – ފަރީދާގެ ކެރެކްޓަރުން ފެންނަ ޝީލާ

ތަފާތު ޖޮންރާތަކުގެ، ތަފާތު ފިލްމުތައް އުފެއްދުމުގެ ރެކޯޑެއް އޮންނަ ޑާކް ރެއިން އެންޓަޓެއިންމެންޓުން 06 އޮކްޓޯބަރު 2025ގައި ނެރުމަށް ހަމަޖެހިފައިވާ ވަރުގަދަ ފިލްމު “އަލިފާން”ގެ ރަސްމީ ޓްރެއިލާ މިއަދު ނެރެފިއެވެ. ޓްރެއިލާއިން ވަރުގަދަ މަންޒަރުތަކެއް ފެނިގެންދާއިރު، މާލޭގެ ބައިބޯ ގެތަކުގެ ތެރެއިން ކޮންމެވެސް ހިސާބެއްގައި ވަރުގަދަ ގޮވުމެއް ގޮވައި، އަލިފާނުގެ ހުޅުގަނޑު ފެތުރިގެންދާ މަންޒަރު ފެނިގެންދެއެވެ.

އާއްމުކޮށްފައިވާ ރަސްމީ ޓްރެއިލާގެ މަންޒަރުތަކާއި އަޑުތަކުން މި ފިލްމަކީ ހަމަ ޙަޤީޤަތުގައިވެސް އަލިފާނުގެ ދިލަކަން ވަރަށް ރަނގަޅަށް ފެނިގެންދާނެ ފިލްމެއްކަން ޔަޤީންކުރެވެއެވެ.

އަލީ ޝިފާއު (ޗިއްޕެ)އާއި ރަވީ ފާރޫގު ޑައިރެކްޓުކުރި މި ފިލްމަކީ ޑާކް ރެއިންއިން މިދިޔަ އަހަރު ނެރުނު ވަރުގަދަ ފިލްމު “ފުރޭތަ” އުފެއްދި ޓީމުގެ މަސައްކަތްތައް ފެނިގެންދާ ފިލްމެކެވެ. މި ފިލްމުގެ ސްކްރީން ޕްލޭގެ މަސައްކަތް ކޮށްފައިވަނީ އަހުމަދު ތޮލާލެވެ.

އުމުރުން 18 އަހަރުން މަތީ އުމުރުފުރާއަށް ކްލެސިފައިކޮށްފައިވާ މި ފިލްމުގެ ޓްރެއިލާއިން ގޭންގް ވަޔަލެންސާއި އެމީހުންގެ ބަހުރުވަ ދައްކައިދެއެވެ. ފައިޓް ސީންތަކެއް ފެނިގެންދެއެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top