ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެމްއެސްޕީއޭ އިން އަނެއްކާވެސް އެކްޓިން ވޯރކްޝޮޕެއް!

މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސް (އެމްއެސްޕީއޭ) އިން އިންޑިއަން ކަޗްލްޗުރަލް ސެންޓަރާއި ގުޅިގެން “އެކްޓިންގ ވޯކްޝޮޕް ފޯ ފިލްމް އެންޑް ތިއޭޓަރ”ގެ ނަމުގައި އެކްޓިން ވޯކްޝޮޕެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

އެކްޓިންގް ފޮރ ތިއޭޓަރ އެންޑް ފިލްމް ވޯރކްޝޮޕް ބާއްވަން ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 08ވަނަ ދުވަހުން ފެށިގެން ޑިސެމްބަރ މަހުގެ 05ގެ ނިޔަލަށެވެ. މި ވޯކްޝޮޕްގައި ބައިވެރިވުމަށް 7645080 އަށް ގުޅައިގެން ނުވަތަ ވައިބަރުން މެސެޖްކޮށްގެން ރެޖިސްޓްރީކުރެވޭނެއެވެ.

އެމްއެސްޕީއޭ އިން “އެކްޓިންގ ވޯކްޝޮޕް ފޯ ފިލްމް އެންޑް ތިއޭޓަރ”ގެ ނަމުގައި 20 މެއި 2023ގައި ފެށި ވޯކްޝޮޕް ކާމިޔާބުކަމާއެކު 09 ބައިވެރިން ފުރިހަމަކޮށް ނިންމައިލީ 2023 ވަނަ އަހަރު ޖޫން މަހުގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top