މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ދަފްތަރު ޢާންމުކޮށްފިއެވެ.
މި ދަފްތަރުގައި ޖުމްލަ 333 (ތިންސަތޭކަ ތިރީސް ތިނެއް) މީޑިއާ ހިމެނެއެވެ. އޭގެ ތެރޭގައި 258 (ދުއިސައްތަ ފަންސާސް އަށެއް) އޮންލައިން ނިއުސް، 39 (ތިރީސް ނުވައެއް) އޮންލައިން މެގަޒިން، 22 (ބާވީސް) ޕްރިންޓް މެގަޒިން، 07 (ހަތެއް) ޕްރިންޓް ނިއުސް، 04 (ހަތަރެއް) އެކަޑެމިކް ޖާނަލް، އަދި 03 (ތިނެއް) އޮންލައިން ނިއުސްލެޓަރ ހިމެނެއެވެ.
ޤާނޫނު ނަންބަރު 2025/16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 45 (ސާޅީސް ފަހެއް) ވަނަ މާއްދާ (ނޫސް މަޖައްލާ ރަޖިސްޓަރީކޮށްގެން ޝާއިޢުކުރުން) ގެ (ށ) ގައި، މި ޤާނޫނުގެ ދަށުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އެކުލަވާލުމަށްފަހު، 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި، އެހިނދުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ދަފްތަރެއް އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމުގައި ބަޔާންކޮށްފައިވެއެވެ.
މިހާރު އިޢުލާންކޮށްފައިވާ ދަފްތަރުގައި ނޫސް މަޖައްލާއެއް ރަޖިސްޓަރީކުރެވިފައި ނެތްނަމަ، ދަފްތަރު ޝާއިޢުކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ކޮމިޝަނަށް ލިޔުމުން ޝަކުވާ ހުށަހަޅަން ވަނީ ހުޅުވާލާފައެވެ. އީމެއިލްގެ ޒަރީޢާއިން ޝަކުވާ ހުށަހަޅާނަމަ ހުށަހަޅާނީ [email protected] އަށް، 24 ނޮވެންބަރު 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން



