ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ލިލީ” ފިލްމުގެ ޕްރޮމޯޓްކުރަން ޖެއްސި ޗަރުކޭހާ ނުބައްދަލުހާ މި ފިލްމު މޮޅު!

ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި ފިލްމު “ލިލީ” ޕްރިމިއާކޮށްފައި މިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭގައެވެ. ފިލްމު އިޝްތިހާރުކުރުމަށް އެންމެ އާދައިގެ ބަހުން ބުނާނަމަ، އެންމެ ގިނަ އަދި ތަފާތު ޗަރުކޭސްތައް ޖެއްސީ މި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ކަމާމެދު ދެބަސްވެވޭކަށް ނެތެވެ. މިވަރުގެ ވަރުގަދަ ޗަރުކޭސްތަކެއް ޖެއްސުމަށްފަހު އާއްމުންނާ ހަމައަށް ދޫކޮށްލި މި ފިލްމު، ބެލުންތެރިން ހިތްހަމަ ޖެހޭ، އެމީހުންގެ އުއްމީދުތަކާ އަރާ ހަމަކުރާ ފިލްމަކަށް ވާން ޖެހެއެވެ.

ފިލްމު “ލިލީ” ބެލުމަށްފަހު މުނިއަވަސް އިން ރަސްމީކޮށް އެއްޗެއް ބުނާނީ ލިލީގެ ޕްރޮޑިއުސަރުގެ ރަށް، ލ. ފޮނަދޫގައި ފިލްމު އެޅުވުމަށްފަހު އެތަނުން ފިލްމު ބަލާފައެވެ. އޭގެ ކުރިން މި ހިމަނާލަނީ މި ފިލްމާމެދު ވަރަށް އިންސާފުވެރި ރިވިއުއެއް ދީފައިވާ ވީޑިއޯއެކެވެ.

ނަން މަޝްހޫރު އިންފުލުއެންސަރ ސައިފްގެ މި ކޮމެންޓް ވީޑިއޯއިން ފިލްމާބެހޭ ވާހަކަތައް ސަޅިކޮށް ކިޔައިދެއެވެ.

@mohamedsaifzahir What i think about @lily_themovie 🙌🏼 #msz #saifzahir #kobaguys #spreadlove #lilythemovie ♬ original sound – Mohamed Saif Zahir

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top