ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އަލްވަދާޢު” ބަލާފައި ރޮވުނު – ޝިރާނީ

ފިލްމެއް ބަލާފައި މީގެ ކުރިން ނުރޮވޭ ކަމަށާ ނަމަވެސް މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ އަސަރުން ފުރިފައިވާ ދިވެހި ފިލްމު “އަލްވަދާޢު” ބަލާފައި ރޮވުނު ކަމަށް، ކުރީގެ މަޝްހޫރު ފިލްމީ ތަރި އަދި މުނިއަވަސް އޮންލައިންގެ ހަމައެކަނި ޕްރީމިއަމް މެންބަރު އާއިޝަތު ޝިރާނީ ބުނެފިއެވެ.

“ފިލްމެއް ބަލަން އައިސްފައެއް ނުވެއް ރޮވޭނެ ދޯ އަސްލު. ދެން އެނގޭތާ އަސްލު އެކްޓިންކަން. އެކަމަކުވެސް މީގަ ވީގޮތަކީ އޭގެ ޑައިލޮގްސް ހަމަ. އަނެއް… އޭގެ ފަހުކޮޅަށް އައިއްސަ ދެން މަޖޫ މިހެން ބުނެލާއެއްޗެހިން، ޝަރަފުއަށް ބުނެލާ އެއްޗެހިން، ޝަރަފުގެ އެކްސްޕްރެޝަން އާ އަދި މަޖޫވެސް ހަމަ ވަރަށް ވަރަށް ވަރަށް ރިއަލް!”

– ކުރީގެ މަޝްހޫރު ފިލްމީ ތަރި ޝިރާނީ

ފިލްމު “އަލްވަދާޢު” ބެލި އެންމެންގެ ކޮމެންޓްތައްވެސް ހުރީ ހަމަ މިފަދަ ގޮތަކަށެވެ. ދެމުން އަންނަނީ ހަމަ ދާދި އެއްކަހަލަ ކޮމެންޓްތަކެކެވެ. ފިލްމުގެ ސަޅި ވާހަކައާައި އަސަރުގެ ވާހަކަ ހަމަ ކޮންމެ މީހަކުވެސް ފާހަގަކުރެއެވެ.

@muniavas ALVADHAAU Balaafa Shiraani ah Rovunutha? @shiruxa @laina4669 ♬ original sound – MUNIAVAS

ފިލްމުބަލާފައި ނިކުންނަ ކޮންމެ މީހަކުވެސް ދަނީ މި ފިލްމަށް ސޯޝަލް މީޑިޔާގައި ތައުރީފް އޮއްސާލަމުންނެވެ. ޑާކްރެއިން އިން އެމީހުގެ ފިލްމުތަކުގެ ސްޓޭންޑަޓް ހިފަހައްޓަމުން އަންނަ ކަމަށް އަދި އެ ޕްރޮޑަކްޝަންގެ ފިލްމުތަކުގެ ޓިކެޓް ލޯމަރާލާފައި ގަތް ނަމަވެސް އެ ފިލްމު ބަލާ ބަޔަކު ޑިސަޕޮއިންޓް ނުވާނެ ކަމަށްވެސް އެ ފިލްމަށް ތައުރީފު ކުރި ބަޔަކު ބުނެ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top